އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އާއި ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލަމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގެ ރާއްޖޭގެ ގޮފިތަކަށް މެންބަރުން އިންތިޚާބުކޮށްފިއެވެ.
މި ދެ ޖަމްޢިއްޔާއަކީވެސް ޤާނޫނު ހަދާ މަޖިލިސްތަކުގެ މެންބަރުންނަށް ޚާއްސަ ޖަމްޢިއްޔާތަކެކެވެ. އެހެންވެ، މި ޖަމްޢިއްޔާތަކުގެ ރާއްޖޭގެ ގޮފިތަކަށް މެންބަރުން އިންތިޚާބުކުރަނީވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ ހައިސިއްޔަތުން، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުﷲ އާއި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އިންތިޚާބަކާ ނުލައި އައިޕީޔޫ އާއި ގޯޕެކްގެ ރާއްޖޭގެ ގޮފީގެ ޗެއަރ އަދި ވައިސް ޗެއަރއަށް ވަނީ އިންތިޚާބުވެފައެވެ. މި ގޮފިތަކުގެ ބާކީހުރި ޖާގަތަކަށް މެންބަރުން އިންތިޚާބު ކުރަނީ މަޖިލިސް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
މި ދެ ގޮތްފަށް މެންބަރުން އިންތިޚާބު ކުރުމަށް މިއަދު ވޯޓު ނަގާފައިވާއިރު އައިޕީޔޫގެ ރާއްޖޭގެ ގޮތްޕަށް ޗެއަރ އާއި ވައިސް ޗެއާގެ އިތުރުން 6 މެންބަރުން އަދި ގޯޕެކްގެ ގޮތްޕަށް ޗެއަރ އާއި ވައިސް ޗެއަރގެ އިތުރުން 5 މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.
Congratulations to the members elected to the Executive Committee of the IPU Maldives Branch!
— People's Majlis (@mvpeoplesmajlis) July 14, 2024
📸Photo Album: https://t.co/AS3jTC4Ml2 pic.twitter.com/2THxHbkspb
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަޠީފް: ޚަޒާންދާރު
ނިލަންދޫ ދާއިރާގެ މެންބަރު ފާޠިމަތު ސަޢުދާ
ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާޢު
Congratulations to the members elected to the Executive Committee of the GOPAC Maldives Branch!
— People's Majlis (@mvpeoplesmajlis) July 14, 2024
📸Photo Album: https://t.co/fcvunBAMvq pic.twitter.com/jN0cJnerz1
މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު، ޚަޒާންދާރު
މަނަދޫ ދާއިރާގެ މެންބަރު ޙުސްނީ މުބާރިކް
ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫޙް
ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ފަޟީލް
ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
އިންޓަރ ޕާލަމަންޓްރީ ޔޫނިއަން (އައިޕީޔޫ) އަކީ މިނިވަން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ މައްޗަށް އެކުލެވިގެންވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. 1989 ވަނަ އަހަރު އުފެއްދި މި ޖަމްޢިއްޔާގައި ބައިވެރިވުމަށް މަޖިލީހުން ޤަރާރެއް ފާސްކުރީ 4 ނޮވެމްބަރު 2004ގައެވެ. އަދި އައިޕީޔޫގެ ރާއްޖޭގެ ގޮފި އެކުލަވާލައި ގަވާއިދު ފާސްކޮށްފައިވަނީ 6 ޖޫން 2005ގައެވެ.
ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލަމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް) އަކީ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށާއި ހެޔޮވެރިކަމެއް ހަރުދަނާކޮށް، ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރާ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މަޖިލިސް މެންބަރުންގެ މައްޗަށް އެކުލެވިގެންދާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގައި ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 20 މާރިޗު 2023ގައެވެ. އަދި މެންބަރޝިޕް ލިބިފައިވަނީ 5 އޭޕްރިލް 2023ގައެވެ.