ޚަބަރު

އެމްޑީޕީ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި


  • 29 މަގާމަކަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި

  • މި އިންތިޚާބު ބާއްވަނީ 2 އޯގަސްޓުގައި

  • ފަސް އަހަރުގެ ތެރޭގައި ސާސީ ޤަވާއިދާ ޚިލާފުވެފައިވާނަމަ ކުރިމަތިނުލެވޭ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގައި ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ޕާޓީން ބުނެފައިވާ ގޮތުގައި ޤައުމީ މަޖިލީހަށް މެންބަރުން ހޮވުމަށް އިންތިޚާބު ބާއްވަން ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ 2 ވަނަ ދުވަހު ކަމަށެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ މިއަދާ ހަމައަށް އެ ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަންގެ ދަފްތަރުވެފައިވާ މީހުންނަށް ކަމަށް އެ ޕާޓީން ބުނެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފުވެފައިނުވާ މެންބަރަކަށްވާން ޖެހޭނެކަމަށްވެސް ވަނީ ބުނެފައެވެ.

ހުސްވެެފައިވާ މަޤާމުތައް

ހއ. ދިއްދޫ ދާއިރާގެ ރައީސް
ހއ. ކެލާ ދާއިރާގެ ރައީސް
ކުޅުދުއްފުށި ސިޓީ ދެކުނު ދާއިރާގެ ރައީސް
ހދ. މަކުނުދޫ ދާއިރާގެ ރައީސް
ރ. އުނގޫފާރު ދާއިރާގެ ރައީސް
ރ. އިނގުރައިދޫ ދާއިރާގެ ރައީސް
ބ. ތުޅާދޫ ދާއިރާގެ ރައީސް
ބ. ހިތާދޫ ދާއިރާގެ ރައީސް
ޅ. ކުރެންދޫ ދާއިރާގެ ރައީސް
ކ. މާފުށި ދާއިރާގެ ރައީސް
ކ. ހުރާ ދާއިރާގެ ރައީސް
އދ. މާމިގިލި ދާއިރާގެ ރައީސް
އދ. ދަނގެތި ދާއިރާގެ ރައީސް
ގއ. ދާންދޫ ދާއިރާގެ ރައީސް
ގއ. ކޮލަމާފުށި ދާއިރާގެ ރައީސް
ގދ. ފަރެސްމާތޮޑާ ދާއިރާގެ ރައީސް
ފޭދޫ ދެކުނު ދާއިރާގެ ރައީސް
ފޭދޫ އުތުރު ދާއިރާގެ ރައީސް
މެދު ހެންވޭރު ދާއިރާގެ ރައީސް
ހެންވޭރު އުތުރު ދާއިރާގެ ރައީސް
ގަލޮޅު އުތުރު ދާއިރާގެ ރައީސް
މައްޗަންގޯޅި އުތުރު ދާއިރާގެ ރައީސް
މާފަންނު އުތުރު ދާއިރާގެ ރައީސް
ހެންވޭރު ހުޅަނގު ދާއިރާގެ ރައީސް
ހުޅުމާލެ މެދު ދާއިރާގެ ރައީސް
ހުޅުމާލެ އުތުރު ދާއިރާގެ ރައީސް
ކުޅުދުއްފުށީ ސިޓީގެ ރައީސް
ތިނަދޫ ސިޓީގެ ރައީސް
މާލެ ސިޓީގެ ރައީސް


މި މަގާމުތަކަށް ކުރިމަތިލާން ބޭނުންވާ މެންބަރުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން އެދެއެވެ.