ޚަބަރު

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމާއި ނާޒިލްގެ ނަން ހުށަހަޅައިފި


  • ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ ސިއްރު ވޯޓަކުން

މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްގެ ނަން ހުށަހަޅައިފިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ވިހިވަނަ މަޖިލީހުގެ ޖަލްސާ މިހާރު ދަނީ ކުރިއަށެވެ. މި ޖަލްސާގައި ރައީސާއި ނައިބު ރައީސަށް ނަން ހުށަހަޅުއްވަން ހުޅުވާލި ފުރުސަތުގައި ދެ މަގާމަށް ނަން ހުށަހަޅުއްވާފައިވަނީ ޕީއެންސީ އާއި އެމްޑީޕީންނެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރެއްވުމަށް ނަން ހުށަހެޅުއްވީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމެވެ. އެ ހުށަހެޅުއްވުމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވަނީ ތާއީދު ކުރައްވާފައެވެ.

ނާޒިލްގެ ނަންފުޅު ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުއެވެ. އެ ހުށަހެޅުއްވުމަށް ތާޢީދު ކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކައިލް އަހުމަދު ނަސީމެވެ.

ނައިބު ރައީސްގެ މަގާމަށް ޕީއެންސީން ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްގެ ނަންފުޅު ހުށަހަޅުއްވާފައިވާއިރު އެމްޑީޕީން ހުށަހެޅުއްވީ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީގެ ނަންފުޅެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.