ހދ. އަތޮޅުގެ ބައެއް ރަށްތަކަށް ބިންހެލުމެއްގެ އަސަރުކޮށްފައިވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ހދ. އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައިކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ބެލިބެލުމުން ހަނިމާދޫގައި ގާއިމުކޮށްފައިވާ ބިންހެލުން ރެކޯޑުކުރާ މީޓަރަށް މިރޭ 8:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވާ ކަމަށް ރެކޯޑުކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ ލޮޅުމުގެ އަސަރެއް ކުރި ނަމަވެސް މީގެ ސަބަބުން ރާއްޖެއަށް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ.
— Maldives Meteorology (@MetMaldives) May 27, 2024
މި ދުވަސްވަރު ރާއްޖެއަށް ހުޅަނގުމޫސުމުގެ ވިއްސާރަވެސް ދަނީ ކުރަމުންނެވެ. މި ދުވަސްވަރު ކަނޑުދަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށާއި މޫސުމަށް ސަމާލުވުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.