ޚަބަރު

ހިއްސާއަކަށް 4 ރުފިޔާ ބަހަން އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި


  • 32.1 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައި

  • އާމްދަނީގެ ގޮތުގައި 664 މިލިއަން ރުފިޔާ ލިބުނު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީގެ ޙިއްޞާގެ ފައިދާގެ ގޮތުގައި 4 ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފިއެވެ.

އެމްޓީސީސީއިން ބުނީ، 2024 ވަނަ އަހަރުގެ ޚާއްސަ ގޮތުން ކުރާ ޢާންމު ޖަލްސާއަށް ހިއްސާގެ ފައިދާގެ ގޮތުގައި 4 ރުފިޔާ ބެހުމަށް ހުށަހެޅުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށެވެ.

ޙިއްޞާގެ ފައިދާގެ ގޮތުގައި ޖުމްލަ 32،150،996 (ތިރީސް ދެމިލިއަން އެއްލައްކަ ފަންސާސްހާސް ނުވަސަތޭކަ ނުވަދިހަ ހައެއް) ރުފިޔާ ބަހަން ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

2022 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ލިބޭނީ 23 މެއި ވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ޙިއްޞާދާރުންގެ ރަޖިސްޓްރީގައި ހިމެނިވަޑައިގަންނަވާ ޙިއްޞާދާރުންނަށްކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެމްޓީސީސީއަށް އާމްދަނީގެ ގޮތުގައި664 މިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައެވެ.