ހުޅުމާލޭގައި ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދިން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ލަންސިމޫ މަގުގައި ބިދޭސީއަކު ތޫނު އެއްޗަކުން ދިވެއްސަކަށް ހަމަލާދީފައިވާކަމަށް ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
މި މައްސަލާގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށާއި އޭނާއަށް އަނިޔާވެފައިވަނީ އަތަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އޭނާއަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ހޮސްޕިޓަލާ ހަވާލީ ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައިގައި ހަމަލާދިން ބިދޭސީ މީހާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވެއެވެ.