ވޯކް ވިސާގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް އޭންޓްކިޔު އެޕްލިކޭޝަން މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ، މި ބަދަލާއި އެއްގޮތަށް އާދީއްތަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ވޯކް ވިސާގެ ޚިދުމަތް ހޯދުމަށްދާ ފަރާތްތަކަށް ލުއިފަސޭހަކުރުމުގެ ގޮތުން ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.
އޭންޓްކިޔު މެދުވެރިކޮށް 5 ޕާސްޕޯޓަށްވުރެ މަދުން ޚިދުމަތް ހޯދާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 9:00 އިން 10:30 އަށް ކަމަށާއި، ޚިދުމަތް ދޭނީ 10:00 އިން މެންދުރު 3:00 އަށް ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ. އަދި 6 ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓު ދޫކުރާނަމަ ނަންބަރު ދޫކުރާނީ ހެނދުނު 11:30 އިން 12:30 އަށް ކަމަށާއި، ޚިދުމަތް ދޭނީ މެންދުރު 1:15 އިން 3:00 އަށް ކަމަށް އެ އިދާރާއިން މައުލޫމާތުދެއްވައެވެ.
މީގެ ކުރިން ވަރކް ވިސާ ޖެހުމަށްފަހު ޕާސްޕޯޓާއި ހަވާލުވުމަށް ނަންބަރު ދޫކުރަމުން ދިއައީ އިމިގްރޭޝަނަށް ހާޒިރުވުމުން ކަމުގައި ވީނަމަވެސް، ދެން "އޭންޓް ކިޔޫ" އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެ ވެސް އޮންަލައިންކޮށް ނަންބަރު ނެގޭނެ، އަދި ކިއުގެ ޚިދުމަތް ދެމުންދާ ތަރުތީބު… pic.twitter.com/ahQ6BGYXf4
— Maldives Immigration (@ImmigrationMV) May 17, 2024
އިމިގްރޭޝަނުން ދެމުން އަންނަ ޚިދުމަތްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެ އިދާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ޕާސްޕޯޓް ދޫކުރުމުގައި ވެސް އޮންލައިން އެޕްލިކޭޝަން، ކިޔުބީ މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.