ޚަބަރު

މާލޭގެ ސްކޫލްތަކަށް ވަނުމަށް އެދި އަތޮޅުތަކުން 967 ފޯމް


  • ގްރޭޑް 1 އަށް ވަނުމަށް އެދި 2163 ފޯމް

  • ގްރޭޑް 1 އަށް ވަނުމަށް އެދި އަތޮޅުތަކުން 171 ފޯމް

  • އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރުމަށް 1158 ފޯމް

މުއްދަތު ހަމަވިއިރު މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަނުމަށް އެދި އަތޮޅުތަކުން 967 ފޯމް ލިބިފައިވާކަމަށާއި، އޭގެތެރެއިން އެންމެ ގިނައީ ގްރޭޑް 1 އަކަށް ވަނުމަށް އެދި ހުށައަޅާފައިވާ ފޯމްތައްކަމަށް ތަޢުލީމާބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހު ފަށާ މިއަހަރުގެ ދިރާސީ އަހަރު ގްރޭޑް 1އަށް ވަނުމަށް އެދި 2163 ފޯމް ވަނީ ހުށައަޅާފައެވެ. އޭގެ ތެރެއިން 1192 ފޯމަކީ މާލެ ސަރަހައްދުން ހުށައަޅާފައިވާ ފޯމްތަކެކެވެ. އަދި 171 ފޯމަކީ އަތޮޅުތެރެއިން ހުށައަޅާފައިވާ ފޯމްތަކެކެވެ.

މީގެ އިތުރުން މާލޭގެ ސްކޫލްތަކުގެ ތެރެއިން އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުވުމަށް އެދި 1158 ފޯމް ހުށައަޅާފައިވާއިރު 967 ފޯމް ލިބިފައިވަނީ އަތޮޅުތަކުން މާލޭގެ ސްކޫލްތަކަށް ބަދަލުވުމަށެވެ. މިއާއެކު ޖުމްލަ 4117 ފޯމެއް ލިބިފައިވެއެވެ.

އަތޮޅުތަކުން ފޯމްތައް ލިބިފައިވާ އަދަދު:

• ގްރޭޑް 1: 171 ފޯމް
• ގްރޭޑް 2: 81 ފޯމް
• ގްރޭޑް 3: 92 ފޯމް
• ގްރޭޑް 4: 69 ފޯމް
• ގްރޭޑް 5: 96 ފޯމް
• ގްރޭޑް 6: 87 ފޯމް
• ގްރޭޑް 7: 87 ފޯމް
• ގްރޭޑް 8: 103 ފޯމް
• ގްރޭޑް 9: 55 ފޯމް
•ގްރޭޑް 10: 28 ފޯމް
• އެލް.ކޭ.ޖީ : 68 ފޯމް
• ޔޫ.ކޭ.ޖީ : 30 ފޯމް

ތަޢުލީމީ ވުޒާރާއިން ވަނީ ވޭތުވެދިޔަ ބައެއް އަހަރުތަކުގައި މާލެ ސަރަހައްދުގެ ސްކޫލްތަކަށް ވަދެފައިވާ ކުދިންގެ ތަފާސްހިސާބުތައްވެސް ހިއްސާކުރައްވާފައެވެ.

އެގޮތުން މިދިޔަ ދިރާސީ އަހަރަކީ އެންމެ ގިނަ ދަރިވަރުން މާލެ ސަރަޙައްދުގެ ސްކޫލްތަކަށް ވަދެފައިވާ އަހަރެވެ. މިދިޔަ ދިރާސީ އަހަރު 1500 ކުދިން މާލެ ސަރަޙައްދުގެ ސްކޫލްތަށް ވައްދާފައިވެއެވެ. އަދި 2022 ވަނަ އަހަރުގެ ދިރާސީ އަހަރުގައި 780 ދަރިވަރުން 2021 ވަނަ އަހަރު 716 ދަރިވަރުން ވަދެފައިވާއިރު 2020 ވަނަ އަހަރުގެ ދިރާސީ އަހަރުގައި 480 ދަރިވަރުން މާލޭގެ ސްކޫލްތަކަށް ވައްދާފައިވެއެވެ.