ޚަބަރު

ފަރިވާ އަލިފާނުގެ ހާދިސާގަައި އެއްވެސް މީހެއްގެ އިހުމާލެއް ނުވޭ


ޖަނަވަރީ މަހު ފަރިވާ އިލެކްޓްރޯނިކްސްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއްކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ތަހުޤީގަށް ލިބިފައިނުވާކަމަށް ފުލުހުން ހާމަކޮށްފިއެެވެ.

މާފަންނު ފާމުދޭރި މަގުގައި ހުންނަ ފަރިވާ އިލެކްޓްރޯނިކްސް ފިހާރާގައި 20 ޖަނަވަރީ 2016 ވަނަ ދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްތުގައި ކުރިކަމެއްކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް މިހާތަނަށް ލިބިފައި ނުވާތީ އިތުރު މައުލޫމާތެއް ލިބިއްޖެނަމަ މައްސަލަ ކުރިއަށް ގެންދާގޮތަށް ފައިލް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

ފަރިވާ ފިހާރައިގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހާރަ އެއްކޮށް އަނދައި ހުލިވުމުގެ އިތުރުން އެ ފިހާރައާ ޖެހިގެން ހުރި އިމާރާތުގެ ބޮޑުބައެއްގައިވެސް އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ހާނިއްކަވެފައެއް ނުވެއެވެ.

މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުގެ ރޭ ފަތިހު 04:10 ހާއިރު ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ފަތިހު 05:30 ގައެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ އެދުވަހު ހެނދުނު 06:15 ހާއިރު އެމްއެންޑީއެފާއި ފުލުހުންނާއި އާންމުންގެ މަސައްކަތުންނެވެ.