ދުނިޔެ

އިންޑިޔާގެ ހަކަތައިގެ ސެކްޓަރަށް އިންވެސްޓްމަންޓް ބޭނުންވޭ


2030 ވަނަ އަހަރުގެ ކުރިން އިންޑިޔާގެ ހަކަތައިގެ ސެކްޓަރަށް އެއް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ބޭނުންވާ ކަމަށް އެޤައުމުގެ ހަކަތައިގެ މިނިސްޓަރ ޕިޔުޝް ގޮޔާލް ވިދާޅުވެއްޖެއެވެ.

ނިއު ޔޯކްގައި އިންވެސްޓަރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ގޮޔާލް ވިދާޅުވީ އިންޑިޔާގެ ހަކަތައިގެ ސެކްޓަރު ދެމެހެއްޓެނިވި ގޮތުގައި ތަރައްޤީކުރުމަށް ރާވާފައިވާ ކަމަށާއި އެކަމަށް އިންވެސްޓް ކުރާނޭ އިންވެސްޓަރުން ބޭނުންވާ ކަމަށެވެ. އަދި، އިންޑިޔާގެ ހަކަތައިގެ ސެކްޓަރ ތަރައްޤީކޮށް، އެ ސެކްޓަރުގައި ވަޒީފާ އުފައްދާ، އިންޑިޔާގެ ކޮންމެ ރައްޔިތަކަށް 24 ގަޑިއިރު ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.