ވިލާކޮލެޖާއި މެލޭޝިޔާގެ އޯޕަން ޔުނިވަރސިޓީ ގުޅިގެން ހިންގި ކޯސްތަކުން 303 ދަރިވަރުން ދަސްވެނިވެއްޖެއެވެ. މި ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށް މިއަދު ހެނދުނު ވަނީ ސަނަދު ދީފައެވެ.
މިގޮތުން މިއަދު ދަސްވެނިވެ ސަނަދު ޙާޟިލްކޮށްފައިވާ ދަރވަރުންގެ ތެރޭގައި،
•މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން 68 ދަރިވަރުން،
•ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަނުން 61 ދަރިވަރުން
•ބެޗްލަރ އޮފް އެކައުންޓިން އިން 25 ދަރިވަރުން
•ބެޗްލަރ އޮފް ހިއުމަން ރިސޯސަސް މެނޭޖްމަންޓުން 29 ދަރިވަރުން
•މާސްޓާސް އޮފް އެޑިއުކޭޝަނުން 13 ދަރިވަރުން
•ބެޗްލާ އޮފް އެޑިއުކޭޝަން މެތުސް އިން 17 ދަރިވަރުން
•ބެޗްލާ އޮފް އެޑިއުކޭޝަން ޓީޗިން އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖުން 24 ދަރިވަރުން.
•މާސްޓަރސް އޮފް އިސްފޮމޭޝަން ޓެކްނޮލެޖީން 5 ދަރިވަރުން
•ބެޗްލާ އޮފް އިންފޮމޭޝަން ޓެކްނޮލޮޖީން 30 ދަރިވަރުން ހިމެނެއެވެ.
ވިލާކޮލެޖުން އެންމެ މަތީ މާކްސް ހޯދާ ދަރިވަރުންނަށް ދޭ ވިލާކޮލެޖް ބުކް ޕްރައިޒް އެވޯޑް ތޭވީސް ދަރިވަރަކު ވަނީ މިރަސްމިއްޔާތުގައި ޙާޞިލްކޮށްފައެވެ. އަދި ވިލާ ކޮލެޖުން ހިންގާ ވަކިވަކި ކޯސްތަކުން އެންމެ މަތިން މާކްސް ހޯދާ ދަރިވަރުންނަށްދޭ ގާސިމް އިބްރާހީމް އެވޯޑް ފޮރ އެކްސްސަލެންސް އެވޯޑް އެގާރަ ކުއްޖަކުވަނީ ހާސިލްކޮށްފައެވެ.
މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އޯޕަން ޔުނިވަރސިޓީ އޮފް މެލޭޝިއާގެ ނާއިބް ރައީސް ޕްރޮފެސަރ އަޙްމަދު ހާޝިމްއެވެ. މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވަނީ މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއާއި ވިލާކޮލެޖް ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ގިނަ ބަޔަކަށް މަތީ ތައުލީމްގެ ފުރުޞަތު ތަނަވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ.