ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅުނު 173 ބިދޭސީއެއް ޑީޕޯޓުކުރަން އިމިގްރޭޝަނާ ޙަވާލުކޮށްފި


  • 173 ބިދޭސީން ޑީޕޯޓްކުރަން ވަނީ ފޮނުވާފައި

  • ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ޚައްޞަ ޕްރޮގްރާމް ހިންގާ

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 173 ބިދޭސީއަކު ޑީޕޯޓްކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ނާފިޒު ވިދާޅުވީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށާއި ބިދޭސީންނާއި ގުޅިގެން ބައެއް ދިވެހިން ހިންގާ ހަށިވިއްކުމުގެ ޢަމަލުތައް ހުއްޓުވުމަށް 13 އޮޕަރޭޝަންއެއް ހިންގާފައިވާ ކަމަށެވެ. މީގެ ތެރޭގައި ފުލުހުން ހިނގި އޮޕްރޭޝަންތަކާއި އިމިގްރޭޝަން މެދުވެރިކޮށް ހިނގައިފައިވާ އޮޕްރޭޝަންތައް ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

"މި ދާއިރާއިން 13 އޮޕަރޭޝަނެއް ހިނގައިފައިވާނޭ. މި މަސައްކަތުގެ ތެރެއިން 173 ފަރާތެއް އިމިގްރޭޝަންއަށް ހަވާލުކޮށްފައިވާނެ ޑީޕޯޓް ކުރުމަށް" ނާފިޒު ވިދާޅުވިއެވެ.

ރާއްޖޭގައި ލައްކައަށް ވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ދެއެވެ. މީގެ ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންވެސް ގިނައެވެ. ސަރުކާރުން ދަނީ ގަވައިދާ ހިލާފައް އުޅޭ ބިދޭސީން ހޯދާ އެފަދަ މީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެއެވެ.

އަޙްމަދު ނާފިޒު ވިދާޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި އަހަރުގެ މިހާތަނަށް 29 އޮޕްރޭޝަނެއް ހިންގާ 51 ސަފާރީއެއް ބަލާ ފާސްކޮށްފައިވާކަމަށެވެ. މީގެ ތެރެއިން މަސްތުވާތަކެއްޗާ ގުޅޭ މުއާމަލާތް ކުރުމާ ގުޅޭ 3097 ފަރާތެއް ބަލާ ހުއްޓުވާފައިވާކަމަށެވެ. އަދި މި ހަރަކާތުގެ ތެރެއިން 135 ދިވެހިންނާއި 16 ބިދޭސީން ހައްޔަރުކޮށްފައިވާކަމަށް ނާފިޒު ވިދާޅުވިއެވެ.

އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހްމަދު ނާފިޒު ވިދާޅުވީ މި އޮޕްރޭޝަންތަކުން އަތުލައިގަނެވުމު މަސްތުވާތަކެތީގެ ބަރުދަނުގައި 13400 ގުރާމް ހުރިކަމަށެވެ. އޭގެ މަގުމަތީ 5އަގަށް ބަލާއިރު އެއީ ހަތަރު ލައްކަ އަށާރަހާސް ރުފިޔާކަމަށެވެ. އަތުލެވުނު ބަނގުރަލުގެ އަދަދު 3422 އަރާކަމަށް ފުލުހުން ވިދާޅުވެއެވެ. އޭގެ ތެރޭފައި ބަނގުރާ ފުޅިއާއި ދަޅު ހިމެނޭކަމަށެވެ. އަތުލެވުނު ބަނގުރަލުގެ ޖުމްލަ އަދަދު ހަތަރު ލައްކަ ނަވާރަ ހާސްއަށް އަރާކަމަށް ފުލުހުން ވިދާޅުވިއެވެ.