ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށައެޅޭގޮތަށް ސިޔާސީ ޕާޓީތަކުގެ ޤަވާއިދު އިޞްލާހުކޮށްފިއެވެ. މީގެ ކުރިން ސިޔާސީ ޕާޓީއެއް އުފެއްދުމަށްޓަކައި ހުށައެޅޭނީ އެންމެ މީހަކަށެވެ.
ސިޔާސީ ޕާޓީގެ ޤަވާއިދަށް އިލެކްޝަންސް ކޮމިޝަނުން ގެނެސްފައިވާ އިޞްލާހުގައި ވަނީ، ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި އެކަކަށްވުރެ ގިނަ ފަރާތްތަކަށް ހުށަހެޅިދާނެކަމަށެވެ.
އެގޮތުން ހުށަހަޅާ ފޯމާއެކު މިކަމަށް އެދޭ ފަރާތުގެ ނުވަތަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދ،ޭ މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ސާފު ކޮޕީއަކާއ،ި ކުށުގެ ރިކޯޑު ފޯމު ހުށަހަޅަންޖެހޭނެކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.
ސިޔާސީ ޕާޓީއެއް އުފައްދަން އެދޭ ފަރާތަކުން ނުވަތަ ފަރާތްތަކުން، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުނ،ް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ 7 ދުވަހުގެ ތެރޭގައި އެ ފަރާތަކަށް ނުވަތަ އެ ފަރާތްތަކަށް ލިޔުމުން ދޭންޖެހޭނެކަމަށް ޤަވާއިދުގައި ބަޔާންކުރެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދޭ ފަރާތުން ނުވަތަ އެދޭ ފަރާތްތަކުނ،ް އެ ޕާޓީއަށް ކިޔަން ހުށަހަޅައިފައިވާ ނަމަކ،ީ އިލެކްޝަންސް ކޮމިޝަނުން ގަބޫލުކުރާ ނަމަކަށް ވާންޖެހޭނެކަމަށާއި، ވަކި ނަމެއްގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކޮމިޝަނުން ހުއްދަ ދީފިނަމ،ަ ކަނޑައެޅިފައިވާ މުއްދަތަކަށް އެ ނަން ބޭނުންކުރުމުގެ ހުއްދަ އެހެން ފަރާތަކަށް ދީގެން ނުވާނެކަމަށްވެސް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ސިޔާސީ ޕާޓީ އުފެއްދުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައ،ި މަދުވެގެން 3,000 މީހުން ފޯމު ފުރިހަމަކުރުމަށްފަހ،ު ކޮމިޝަނަށް ހުށަހަޅަންވާނެކަމަށާއި، ސިޔާސީ ޕާޓީއެއް އުފައްދަން ހުށަހަޅާ ފޯމުތައް ފުރައިފައިވާ މީހުން، އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެގެން ނުވާނެކަމަށްވެސް ޤަވާއިދުގައިވެއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީ އުފެއްދުމަށް ހުށަހަޅާ ފޯމުތައް ޗެކުކޮށް ނިންމާއިރު 3,000 މީހުންގެ ސޮއި ހަމަނުވެއްޖެނަމ،ަ އެ ޢަދަދަށް ސޮއި ހަމަކުރުމަށް އިތުރު 3 މަސްދުވަހުގެ މުއްދަތެއް، އެ ފަރާތަށް ދޭންޖެހޭނެކަމަށްވެސް އައު ޤަވައިދުގައި ވަނީ ބަޔާންކޮށްފައެވެ.
ސިޔާސީ ޕާޓީގެ ޤަވާއިދަށް އިލެކްޝަންސް ކޮމިޝަނުން ގެންނެވި އިޞްލާހު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާފައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުގައި މި ވަގުތު 10 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައި އެބައޮތެވެ.