މިސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާފައިވާ ޤައުމިއްޔަތާ ދީނީކަންކަމަށް އޮންނަ ލޯބި އިތުރުކޮށް ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށް ކުރައްވާ މަސައްކަތްތަކަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އެންޓި-ކަރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ދެއްވައިފިއެވެ. އޭސީސީގެ ރައީސް މިހެން ވިދާޅުވީ، ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ބައިނަލްއަޤުއާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، ދީނާ ގައުމު ދެކެ ލޯބިވާ ދަރިންތަކެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުން ރަނގަޅު ނަތީޖާއެއް މިދާއިރާއަށް ކުރާނެކަމަށް ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން ކޮރަޕްޝަން ނައްތާލުމަށް ނުވަތަ މަދު ކުރުމަށް މިކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ޝާމިލް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެ ފޮނި އުންމީދަކީ ދުރުރާސްތާ ދިވެހި ރާއްޖޭގެ ޤައުމިއްޔަތެއް އެކުލަވާލާ ދީނީ އެއްބައިވަންތަ ދަރިންތަކެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެކަން ހަރުދަނާ ކުރުމަށް އޭސީސީން ކުރަންޖެހޭ ކަންކަން ސަރުކާރާ ޙިއްސާކުރުން. އަދި އެކަމުގެ ސަބަބުން ރައްޖޭގައި ފެތުރެމުންދާ ކޮރަޕްޝަންގެ ކަންކަން ހުއްޓުވުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަތަކަށް ހައްލުހޯދައިދީ އެކަން ހުޢްޓުވުމަށް މަސައްކަތްތަކެއް ކުރައްވާނެކަމުގެ ޔަޤީންކަން މިހާރުވެސް ފެންނަމުންދާކަމަށެވެ.
އޭސީސީގެ ރައީސްގެ ވާހަކަފުޅުގައި، އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗައް އަލިއަޅުއްވާލައްވާ ވިދާޅުވީ، އެ ކޮމިޝަނަށް ދިމާވެފައި އޮތް މައްސަލަތަކަށް ސަރުކާރުން ހައްލު ހޯދައިދެއްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ.
President Dr @MMuizzu attended this year's International Anti-Corruption Day ceremony and inaugurated the Maldives National Anti-Corruption Academy (MNACA), which aims to provide training in technical areas relating to corruption and the investigation of economic crimes. pic.twitter.com/alCvfrOo9G
— The President's Office (@presidencymv) December 7, 2023
އެކޮމިޝަން ހިންގުމަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ބަޖެޓްގެ ދަތިކަމެވެ. އަދި މިދާއިރާގެ ޤާނޫނީ ފަންނީ މީހުން މަދުވުމެވެ. މިއަހަރުގެ ތެރޭގައި އެންމެ ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިޔަ އެއްމަސައްކަތަކީވެސް މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ތަމްރީން ކުރުމުގެ މަސައްކަތްކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި ޤާނޫނީ ދާއިރާއިން މީހުން ތަމްރީންކޮށް އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައް އެކުލަވާލާފައިވާކަމަށް އާދަމް ޝާމިލް ވިދާޅުވިއެވެ. އަދި ބައިނަލްއަޤުއާމީ ޖަމުޢިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަންވެސް ހޯދިފައިވާކަން ޝާމިލް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ މިދާއިރާގެ މީހުން ބިނާކުރުމަށް އެންޓި-ކޮރޕްޝަންގެ ދާއިރާގެ މީހުން ހޯދުމުގައި ދަތިކަންކަން އިންތިހާއަށް އެބައޮތް ފަންނުވެރި ޤާބިލް ބަޔަކު އުފެއްދުން. ދެން އެންމެ އިސްކަމެއް ދީގެން ކުރި މަސަކަތް އަދި ޤާނޫނީ ދާއިރާ ހަރުދަނާ ކުރުން" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.
ޝާމިލް ވިދާޅުވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހޭދަވި މި ކުރު މުއްދަތުގައި ވަރަށް ގިނަކަންކަން ތަޖުރިބާ ކުރެވުނުކަމަށެވެ. އެގޮތުން އިންތިޤާލީ މަރުހަލާގެ މަސައްކަތަކީ ފާހަޤަކުރަންޖެހޭ އަދި އެހާމެ ދަތި މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބާ އިންތިޤާލީ މަރުހަލާގައި މަސައްކަތް ކުރެވީ ޤާނޫނީ އިމުގެ ތެރެއިން މަތިކޮށްފައިވާ ޒިންމާތަކާ އެކުކަމަށްވެސް އޭސީސީގެ ރައީސް އަލްއުސްތާޛް އާދަމް ޝާމިލް ވިދާޅުވިއެވެ.