ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަޤާމުން އީވާ އަބްދުﷲ އިސްތިއުފާދެއްވައިފި


  • އިވާ އިސްތިއުފާދެއްވީ އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޖަލްސާ ހިނގަމުން ދަނިކޮށް

  • އިސްތިއުފާ ދެއްވުމުގެކުރިން މަޖިލީހުގެ ތަޅުމުގައި އީވާ ވަނީ ޖަވާބުދާރީ ވެވަޑައިގެންފައި

  • މަޖިލީހުގެ އައު ނައިބުރައީސް ހޮވުމަށް މިރޭ ޚާއްސަ ޖަލްސާއެއް ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަޤާމުން އީވާ އަބްދުﷲ އިސްތިއުފާ ދެއްވައިފިއެވެ.
އީވާ މަގާމުން އިސްތިއުފާ ދެއްވީ މިއަދުއޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އިތުރުބާރު ނެތްކަމަށް ހުށައަޅައިފައިވަނިކޮށެވެ. މިއަދުގެ ޖަލްސާ ފެށިގެން އީވާއަށްވަނީ ޖަވާބުދާރީވުމަށްވެސް ފުރުސަތު އަރުވާފައެވެ. އޭނާ އިސްތިއުފާދެއްވީ ޖަވާބުދާރީވެވަޑައިގަތުމުގެގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދެއްކެވުމަށްފަހުއެވެ.

އިވާ އިސްތިއުފާދެއްވީ އޭނާ މަޤާމުން ވަކިކުރުމުގެ މައްސަލައިގެ ޖަލްސާ ހިނގަމުންދަނިކޮށް ކަމަށްވާތީ އެޖަލްސާ ކުރިއަށް ގެންދިއުމށް ބައެއް މެމްބަރުން އެދުނެވެ. އެހެންނަމަވެސް އީވާ އިސްތިއުފާދެއްވުމާ ގުޅިގެން ޖަލްސާ އިތުރަށް ކުރިއަށް ނުގެންދެވޭނެކަން އެންގުމަށްފަހު ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

އަދި މަޖިލީހުގެ އައު ނައިބުރައީސް ހޮވުމަށް މިރޭ 20:30 މަޖިލީހުގެ ޖަލްސާއެއް އޮންނާނެކަމަށްވެސް ރިޔާސަތުން އެންގެވިއެވެ.