ދިރާގުގެ ފިކްސްޑް ނެޓްވޯކް އަޕްގްރޭޑްކޮށް ޚިދުމަތުގެ ފެންވަރު މަތިކުރުމަށް މިހާރު ހިނގަމުން ގެންދާ މަޝްރޫއުގެ ނުވަދިހަ ފަހެއް އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށް ދިރާގުން ހާމަކޮށްފިއެވެ.
މިމަސައްކަތުގެ ދަށުން ކުރިން ދިރާގު ކަސްޓަމަރ ފްރަންޓް އޮފީސް ހިންގަމުން އައި މެދުޒިޔާރަތްމަގު ސައިޓުގައި ހުރި މުހިންމު ޓެކްނިކަލް ސާމާނުތަކެއްވެސް އެހެނިހެން ސަރަޙައްދުތަކަކަށް ބަދަލުކުރަމުންދާކަމަށް ދިރާގުން ބުނެއެވެ. މިކަމުގެ ސަބަބުން އިންޓަނެޓްގެ ޚިދުމަތް ލިބުމުގައި ދަތިވެ، ކަސްޓަމަރުންގެ ހިދުމަތަށް ބުރޫނާރާނެ ފަދަ ގޮތަކަށް، މި މަސައްކަތް ކުރިޔަށް ގެންދެވިދާނެ ގޮތްތައް ބަލަމުންދާކަމަށް ދިރާގުން ބުނެއެވެ.
އަދި ދިރާގުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ކުރަމުންދާ މި މަސައްކަތްތަކުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހާ ދަތިތައް ޙައްލުކުރުމުގެ ގޮތުން ކުރެވިދާނެ އެންމެހާ ކަންކަންވެސް ބަލަމުންދާ ދިރާގުން ބުނެއެވެ.