ޚަބަރު

ވޯޓުލާ ދުވަހު މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކޮށްފި


  • ވޯޓުލާ ދުވަހު ދުއްވުން މަނައީ މުދާ އުފުލާ އުލަނދުތަކަށް

  • މަނާ ގަޑިއަކީ ހެނދުނު 6އިން ރޭގަނޑު 8އަށް

  • ވޯޓުލާ ދުވަހު މަގުތަކުގެ ކާރުބާރު ބޮޑުވޭ

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާ ވަގުތު މާލޭގައި މުދާ އުފުލާ އުޅަނދުތައް ދުއްވުން މަނާކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ޢާންމުކުރެއްވި އިޢުލާނެއްގައިވަނީ މުދާ އުފުލާ އުޅަނދުތަކަށް ވޯޓުލާ ދުވަހުގެ ބައެއް ގަޑިތަކުގައި ނުދުއްވޭގޮތަށް ހަމަޖެއްސެވީ ވޯޓުލުމުގެ ކަންކަން ކުރިއަށްދާ ވަގުތު، މާލޭގެ މަގުތަކުގެ ޓްރެފިކް ބާރު ބޮޑުވެ، ވޯޓުލުމަށް ދާ ފަރާތްތަކަށާއި، ވޯޓުގެ އިދާރީ އަދި ސެކިއުރިޓީގެ މަސައްކަތްތަކަށް ދަތިިވާނެތީކަމަށެވެ.

އެހެންކަމުން އެދުވަހުގެ ހެނދުނު 06:00އިން ރޭގަނޑު 20:00އަށް ބައެއް އުޅަނދުތައް ދުއްވުން މަނާވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވިއެވެ.

ދުއްވުން މަނާ އުޅަނދުތައް


- “ސީ2” އަދި “ސީ0” ކެޓަގަރީގެ އުޅަނދުތައް
- “ޑީ” ކެޓަގަރީގެ އުޅަނދުތައް
- “އީ” ކެޓަގަރީގެ އުޅަނދުތައް
- “ވީ” ކެޓަގަރީގެ އުޅަނދުތައް

މި ކެޓަގަރީގެ ތެރޭގައި ހިމެނޭ ސަލާމަތީ ބާރުތަކުގެ އުޅަނދާއި ސަރުކާރުގެ އިދާރާތަކުގެ ޢާންމު ޚިދުމަތް ދިނުމަށް ބޭނުންކުރާ އުޅަނދުފަހަރު އިސްތިސްނާވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން ކުރިއަށް ދިޔަދުވަހުވެސް ފެނުނީ ދިޔައީ މާލޭގެ މަގުތައް ކާރޫބާރު ބޮޑުކޮށެވެ.