ޚަބަރު

މާލޭގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް


މ.ހައުސް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގައިން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މީހުން ދިރިނޫޅޭ މިގޭގައި ރޯވެފައިވަނީ ގުދަނެއްގެ ގޮތަށް ހުރި ތަނެއްގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަލިފާނުގެ އަސަރު ބޭރަށް ފެންނަން ނެތްނަމަވެސް އެތަނުން ވަރަށް ބޯކޮށް ދަނީ ދުންއަރަމުންނެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެހެންނަމަވެސް އެސަރަހައްދުގައި ހުރި ގެތަކުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ގެތަކުން މީހުންވަނީ ނެރެފައެވެ.

ރޭ ދަންވަރުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވެގާ ޕޮއިންޓް ފިހާރަވަނީ އެއްކޮށް އަނދާހުލިވެފައެވެ.