މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި 1.5 މިލިއަން ފަތުރުވެރިން ބައިވެރިވެއްޖެއެވެ. މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ފަށާފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާ ގުޅިގެން، ފަތުރުވެރިން ރާއްޖެ އައުން ހުއްޓި، އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އައު ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އިސްނަންގަވައިގެން ތަޢާރުފްކުރައްވައިފައިވާ ޕްރޮގްރާމެކެވެ.
މިއީ ދުނިޔޭގައިވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. އިމިގްރޭޝަނުން ވިދާޅުވީ، މިއީ މި 4 އަހަރުގެ ތެރޭގައި އިމިޤްރޭޝަނަށް ޙާޞިލްކުރެވުނު ވަރަށް މުހިންމު ކަމެއްކަމަށެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ ދަށުން ކުރިއަށް ގެންދަވާ މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމުން ހާމަކުރެއްވި ގޮތުގައި ދުނިޔޭގެ ފުރަތަމަ ޑެސްޓިނޭޝަން ލޯޔަލްޓީ ޕްރޮގްރާމް ކަމަށްވާ ބޯޑަރ މައިލްސް ޕްރޮގްރާމުގައި މިހާތަނަށް 1.5 މިލިއަން ފަތުރުވެރިން ބައިވެރިފައިވެއްޖެއެވެ. މިއީ މި ޕްރޮގްރާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް މޯލްޑިވްސް ބޯޑަރ މައިލްސްއިން ވަނީ ފާހަގަކުރައްވައިފައެވެ.
Exciting news!?? We are absolutely thrilled to announce that the Maldives Border Miles program has hit an incredible milestone of 1.5 million members.
— Maldives Border Miles (@BorderMilesMv) June 15, 2023
Visit https://t.co/DTLnrp8oCu to discover more about this amazing program and start your journey today! #BorderMiles… pic.twitter.com/gIQrogD5Or
މި ޕްރޮގްރާމުގައި ރާއްޖޭގެ ރިސޯޓްތަކާއި، ޓޫރިސްޓް ހޮޓާކާއި، ގެސްޓްހައުސްތަކާއި އަދި ރެސްޓޯރަންޓްތަކުން ވަނީ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ. މީގެ އިތުރުން ދުނިޔޭގެ އެންމެބޮޑު ޓްރެވެލް ޕްލެޓްފޯމް ކަމަށްވާ އަގޯޑާއާއެކު އެސޯސިއޭޓް ޕާޓްނާޝިޕެއްގައި ވަނީ ސޮއިކޮށްފައެވެ.
މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްޞަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ. އެއީ ބްރޮންޒް، ސިލްވަރ އަދި ގޯލްޑްއެވެ. ބޯޑަރ މައިލްސްއަށް ފަތުރުވެރިން ޝައުޤުވެރިކުރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ޚާއްޞަ އޮފަރތައް ތަޢާރުފްކުރައްވަމުންނެވެ.
އެގޮތުން ބޯޑަރ މައިލްސްގެ އެންމެ މަތީ ދަރަޖައަށް ވާޞިލްވުމުން މާމަހި އެގްޒެކެޓިވް ލައުންޖުން ވީއައިޕީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.