ޚަބަރު

ޅ. ނައިފަރު ޕަބްލިކް ލައިބްރަރީގެ ޚިދުމަތުގެ އަގުވަޒަންކޮށްފި


ޅ. ނައިފަރު ޕަބްލިކް ލައިބްރަރީގެ 36 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚިދުމަތުގެ އަގުވަޒަންކޮށް އެ ލައިބްރަރީއަށް މޯލްޑިވްސް ލައިބްރަރީ އެސޯސިއޭޝަނުން ހަނދާނި ފިލައެއް ދީފިއެވެ.

މި ހަނދާނީ ފިލާ ދިނީ ނައިފަރު ޕަބްލިކް ލައިބްރަރީ އުފެދުނީއްސުރެ މެދުކެނޑުމެއް ނެތި، ޚިދުމަތް ދެމުންދާތީ ލައިބްރަރީގެ ވެރިޔާ ޅ.ނައިފަރު މަދުގަސްދޮށުގޭ މުޙައްމަދު ނިޒާރަށެވެ.

ދިވެހިރާއްޖޭގެ ލައިބްރަރީތައް ތަރައްޤީކޮށް ލައިބްރަރީ ފަންނު ކުރިއަރުވައި ގުޅުން ދެމެހެއްޓާ ވިއުގައެއްގެ ތެރޭގައި މަސައްކަތްކުރުމުގެ މަޤްޞަދުގައި އުފައްދާފައިވާ ލައިބްރަރީ އެސޯސިއޭޝަނަކީ 1987 އިން ފެށިގެން މަސައްކަތްކުރަމުންދާ އެސޯސިއޭޝަނެކެވެ.