ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި އުފެދިފައިވާ މަޛްހަބީ އަރާރުންތައް ޙައްލުކުރުމަށް ޓަކައި ގުޅިފައިވާ ތަޞައްވުރެއް އީރާނާއި ތުރުކީވިލާތަށް ގެންގުޅެވިދާނެ ކަމަށް ތުރުކީވިލާތުގެ ބޮޑުވަޒީރު އަހްމަދު ދާވުތުލޫ ވިދާޅުވެއްޖެއެވެ. އީރާނަށް ފެއްޓެވި ރަސްމީ ދަތުރުފުޅެއްގައި ތެހެރާނަށްވަޑައިގެން ނޫސްވެރިންނަށް ދެއްވިބަޔާނެއްގައި ދާވުތުލޫ ވިދާޅުވީ އޭނާގެ މިދަތުރުފުޅުގެ މައިގަނޑު ބޭނުމަކީއީރާނާއި ތުރުކީވިލާތުގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ގުޅުންތައް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތަކާބެހޭގޮތުން އީރާނުގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުން ކަމަށާނަމަވެސް ޢަރަބި އަދި އިސްލާމީ ޤައުމުތަކުގައި އުފެދިފައިވާ މަޛްހަބީ އަރާރުންތައްޙައްލުކުރެވޭނެގޮތްތަކާ ބެހޭގޮތުންވެސް އީރާނުގެ ލީޑަރުންނާ މަޝްވަރާކުރައްވާނެކަމަށެވެ.
އީރާނާއި ތުރުކީވިލާތަކީ ސޫރިޔާގެ މައްސަލާގައި ތަފާތު ދެސިޔާސަތެއް ގެންގުޅޭ ދެޤައުމެވެ. އެހެން ނަމަވެސް އެދެޤައުމު ގެންދަނީ އިޤްތިޞާދީގޮތުންނާއި ވިޔަފާރީގެ ގޮތުން ގުޅުންތައް ބަދަހިކުރަމުންނެވެ. މިގޮތުން ދެޤައުމުގެ ދެމެދުގައިހިނގާ ވިޔަފާރީގެ މުޢާމަލާތްތައް ކުރިޔަށްއޮތް ތިން އަހަރު ތެރޭގައި 30 ބިލިޔަންޑޮލަރަށް މައްޗަށް ޖައްސަން ތުރުކީވިލާތުން ބޭނުންވާކަމަށް ދާވުތުލޫ ވިދާޅުވިއެވެ.