މިހާރު ރަށްރަށުގައި ފެތުރެމުންދާ ފަންގަސް އަކީ ފަތްތަކުގައި އަށަގަތުމުން ގަހުގައި ހިނގާ ކާނާ އުފެއްދުމުގެ ޤުދުރަތީ ނިޒާމުގެ ބާރު ކަނޑުވާލާ އެއްޗެކެވެ. އެގްރިކަލްޗަރ މިނިސްޓްރީއިން ކުރި ދިރާސާތަކުން ދައްކާގޮތުން ، ރާއްޖޭން ކަޅުފަންގަސް ފާހަގަ ކުރެވިފައިވަނީ ނިމިދިޔަ އަހަރު ތެރޭގައެވެ.
ގަސްތަކަށްޖެހޭ މިބައްޔަކީ ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް ފެރުރެމުންދާ ބައްޔެއްކަން ފާހަގަވި ނަމަވެސް އެންމެ ބޮޑަށް ކަޅުފަންގަސް ފެތުރެމުންދަނީ އުތުރުގެ އަތޮޅުތަކުގެވެ. ކަޅުފަންގަސް ޖެހިފައިވާ ގަސްތައް ރަށުފެންވަރުގައި ކަރަންޓީނު ނުކުރެވޭ ނަމަ، މި ބަލި އިތުރަށް ފެތުރި ގަސްތަކުގެ ޖީލެއް ނެތިދިއުން އެކަށީގެންވާ ކަމެއްކަމަށް އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވިއެވެ.
މިކަން ބޮޑަށް ފެށިފައިވަނީ ކޮވިޑްގެ ފުރަބަންދު ދުވަސްވަރު، ރާއްޖޭގެ މީހުންގެ މެދުގައި ގަސް އިންދުމުގެ ލޯބި އިތުރުވެގެން ދިއުމުންނެވެ. އެގޮތުން އިންދާ ހައްދާ ގަސްތަކަކީ ޕެސްޓް ފްރީ ގަސްތަކެއްތޯ ވިސްނާނުލާ ރޯލުކުރުމުން ކަޅު ފަންގަސް އިތުރު ރަށްތަކަށް ފެތުރި ، ކޮންޓްރޯލު ކުރަން ދަތި ކަމަކަށް ވަނީ ވެފައެވެ.
މިހާރު ބަލި ޖެހިފައިވާ ހުރި ގަސްތައް އެއްތަނުން އަނެއްތަނަށް އުފުލުމުގައި ކޮންޓްރޯލް ނުކުރެވި، ހޫނު މޫސުން ދިގުދެމިގެންދާ ވަރަކަށް މި ބަލި އިތުރަށް ފެރުތުމުގެ ބިރު އެބައޮތެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެގްރިކަލްޗަރ މިނިސްޓްރީން ވިދާޅުވީ ގަސްތަކަށްޖެހޭ ބައްޔެއް ކަަމަށްވާ ކަޅު ފަންގަސް " ސޫޓީ މޯލްޑް " ފެތުރެމުންދާ ކަމުގެ ޝަކުވާ އެކި އަތޮޅުތަކުން ލިބެމުންދާ ކަމުގައެވެ. އަދި މިކަމަށް ހައްލު ގެނައުމަށް ސޫޓީމޯލްޑްގެ މައްސަލަތައް އިތުރުވެފައިވާ ރަށްތައް ފާގަހަކޮށް އެ ރަށް ރަށަށް އިންސެކްޓް ޓްރެޕް އާއި މެޓްރީޒިއަމް ފަދަ ކެމިކަލް އެކު ނުލެވޭ ބޭސް އެރަށްތަކަށް ފޯރުކޮށްދީފައި ވާނެކަމަށެވެ.
މިކަން ބޮޑަށް ފެށިފައިވަނީ ކޮވިޑްގެ ފުރަބަންދު ދުވަސްވަރު ، ރާއްޖޭގެ މީހުންގެ މެދުގައި ގަސް އިންދުމުގެ ލޯބި އިތުރުވެގެން ދިއުމުންނެވެ. އެގޮތުން އިންދާ ހައްދާ ގަސްތަކަކީ ޕެސްޓް ފްރީ ގަސްތަކެއްތޯ ވިސްނާނުލާ ރޯލުކުރުމުން ކަޅު ފަންގަސް އިތުރު ރަށްތަކަށް ފެތުރި، ކޮންޓްރޯލު ކުރަން ދަތި ކަމަކަށް ވަނީ ވެފައެވެ.
މީ އިންސާނުންނަށް ނުރައްކާތެރި އެއްޗެއް ކަމަށްނުވުމުން، މިކަމުން ރައްކާވެތިބުމަށް އޯމޯ ފެނުން ބާރު ސްޕީޑުގައި ސްޕްރޭކުރެވިއްޖެ ނަމަ ވަރަށް ފަސޭހައިން މި ބަލި ކޮންޓްރޯލް ކުރެވިދާނެއެވެ.
މިހާރު ގަސްތަކުގައި ފަންގަސް އަށަގަނެފައިވާ މިންވަރު އެގްރިކަލްޗަރ މިިނިސްޓްރީއިން ދަނީ ދިރާސާ ކުރަމުންނެވެ.