ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް އެމްއެންޔޫއާއި ސޮނެވާއާ ދެމެދު އެއްބަސްވުމެއް


ފަތުރުވެރިކަމުގެ ދާއިރާގައި މީހުން ބިނާކުރުމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ސޮނެވާ މޯލްޑިވްސް އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރު ޑރ މުހައްމަދު ޝަރީފްއެވެ. އަދި ސޮނެވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ސޮނެވާ ފުޝީގެ ޖެނެރަލް މެނޭޖަރު ޕީޖޭ މަޔާންދީ އާއި ސޮނެވާ ޖާނީގެ ޖެނެރަލް މެނޭޖަރު އެޑީ ޓެހްއެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާރސިޓީން ބުނީ މިއީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށް ޤާއިމްކުރެވޭ އެއްބަސްވުމެއްކަމަށެއެވެ. މިގޮތުން މި އެއްބަސްވުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތާއި އެކަޑަމީއަށްވެސް ފައިދާ ކުރާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.

އެމްއެންޔޫއިން ބުނީ މި އެއްބަސްޗުމުގެ ސަބަބުން ދެ ފަރާތުގެ ވެސް ދަރިވަރުންނާއި މުވައްޒަފުންގެ ޤާބިލުކަން ތަރައްޤީކުރުމަށް މަގުފަހިވެގެން ދާނެކަމަށެއެވެ. އަދި އިންޓަރންސްއަށް ވަޒީފާގެ ފުރުސަތުތައްވެސް މި އެއްބަސްވުމުގައި ފަހިވެގެން ދާނެކަމަށް އެމްއެންޔޫއިން ބުނެއެވެ.