ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިންތިޒާމްކޮށްގެން ހިންގާ ކާބޯތަކެތީގެ މައުރަޒު "އެމް.އެން.ޔޫ ފަހި ސުފުރާ" ހުޅުވައިފިއެވެ.
މިފެސްޓިވަލް އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ޖާބިރެވެ. މާދަމާގެ ނިއަލަށް ކުރިއަށްދާ މިމައުރަޒް ހުޅުވިފައި ހުނާނީ ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
މިމަޢުރަޒްގައި ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 17 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ.
ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއްވެސް މި މަޢުރަޒްގައި ހިމެނެެއެވެ.
މިފެސްޓިވަލް ކުރިއަށްދާއިރު ހަވީރު 16:00-18:00 އަށް ކުޑަކުދިންގެ ހަވީރެއްވެސް ކުރިއަށްދާނެ ކަމަށް ޤައުމީ ޔުނިވަރސިޓީން ހާމާކުރެއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ އެމް.އެން.ޔޫ ފަހި ސުފުރާގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިންގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ފަހި ކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މިމަޢުރަޒް ބޭއްވުމުގެ މަޤްޞަދެކެވެ.
އަދި މި މަޢުރަޒުން 300އަށް ވުރެއް ގިނަ ވަތްތަރުގެ ކާބޯތަކެތި ލިބިގެންދާނެއެވެ. އެމް.އެން.ޔޫ ފަހި ސުފުރާ އެމް.އެން.ޔޫ ފުޑް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު އާއްމުކޮށްވަނީ ހުޅުވާލާފައެވެ.