ހުޅުމާލޭގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު ފެނުނު ބަޔަކު ވޭތޯ ބަލަން ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ 14 ފެބްރުއަރީ 2023 ވަނަ ދުވަހުގެ ހެނދުނު 08:25 އެހާކަންހާއިރު، ހުޅުމާލެ ފޭސް 1، ހައިވަކަރު މަގާއި ސައިމާ ހިނގުން ގުޅޭ ކަންމަތީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގެ މައުލޫމާތު އެނގޭ ނުވަތަ މަންޒަރު ފެނުނު ބަޔަކުވޭތޯ ބަލަން ބޭނުންވާކަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގެ މަންޒަރު ފެނުނު ނުވަތަ އެ އެކްސިޑެންޓާގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހުޅުމާލެ ފޭސް 1ގެ އިންވެސްޓިގޭޝަން ޑިއުޓީ ނަންބަރު 9980062 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.
ފުލުހުންވަނީ ރައްޔިތުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.