ވިޔަފާރި

އެމްޓީސީސީ ކަށަވަރު ޕްރޮމޯ 2022 އަށް ކަސްޓަމަރުންގެ ބޮޑު ތަރުޚީބެއް


މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ކަށަވަރު ޕްރޮމޯގެ މިދިޔަ އަހަރުގެ ޕްރޮމޯއަށް ބޮޑު ތަރުޚީބެއް ލިބިފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މި ޕްރޮމޯޝަން ކުރިއަށްގެންގޮސްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު 01 އިން ފެށިގެން ޑިސެމްބަރު 31 ގެ ނިޔަލަށެވެ.

"ކަށަވަރު ޕްރޮމޯ 2022 "ނިންމުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. އެމްޓީސީސީ ކަށަވަރު ޝޯރޫމްގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ޕްރޮމޯގެ ނަސީބުވެރި ފަރާތާއި އިނާމު ހަވާލުކޮށްދެއްވީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އާދަމް އާޒިމްއެވެ. "ކަށަވަރު ޕްރޮމޯ 2022 "ގެ ނަސީބުވެރި ފަރާތަކަށް ހޮވިފައިވަނީ އއ. އުކުޅަސް، ޖަވާހިރުމާގޭ، ޙުސައިން ނަސީރުއެވެ.

އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ "ކަށަވަރު ޕްރޮމޯ" ގެ މަޤްޞަދަކީ އޮޑިވެރިންކަމާއި، މަސްވެރިކަމާއި، ޓޫރިޒަމް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހަރަކާތްތެރިވާ އެމް.ޓީ.ސީ.ސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއެކު އެމް.ޓީ.ސީ.ސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.

މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދީފައިވާ ޕްރޮޑަކްޓް ތަކަކީ، ޔަންމާ އަދި ސުޒުކީ އިންޖީނާއި، އިންޖީނުގެ ސްޕެއަރ ޕާރޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގްސް، ސްކޮޓް ބޭޑަރ ފައިބަރު ސާމާނު، މާރޮލް ސްޓީރިންގ ސިސްޓަމް އަދި އިންޑަސްޓްރިއަލް ގޭސް ފަދަ ޕްރޮޑަކްޓްތައްކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.

"ކަށަވަރު ޕްރޮމޯ 202 " ކުރިއަށް ދިޔަ މުއްދަތުގެ ތެރޭގައި ގްރޭޓަރ މާލެ ސަރަޙައްދާއި ރާއްޖޭގެ އެކި އެކި ރަށްރަށަށް އެމް.ޓީ.ސީ.ސީގެ ޓީމުންވަނީ ޒިޔާރަތްކޮށްފައެވެ.

އެމް.ޓީ.ސީ.ސީއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުންކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު އެކިއެކި ޕްރޮޑަކްޓްތަކުން ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމް.ޓީ.ސީ.ސީގެ ކަސްޓަމަރުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމާއި، އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި، ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުމުގެ ހަރަކާތްތައް ހިންގުމަކީ އެ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތްތަކެއްކަމަށް އެމް.ޓީ.ސީ.ސީއިން ބުނެއެވެ.