ވ.އާރަށް ކުށްޔަށްދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރެއްކަމަށްވާ ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އާރަށު މައްސަލާގައި ހެކިބަސް ބަލައިިގަތުމާމެދު ގޮތެއް ނިންމުން 1 ޖަހާއިރަށް ފަސްކޮށްފިއެވެ.
އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާއާއި ރިޝްވަތު ޤަބޫލުކުރުމުގެ ދައުވާއެވެ. އަދި މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރުން ޔޫސުފް ނައީމްގެ މައްޗަށްވެސް ދައުލަތުން ވަނީ ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައެވެ.
މި މައްސަލާގައި މިއަދު 9:30 އަށް ތައާވަލުކޮށްފައި އޮތީ، ރައީސް ޔާމީންއާއި، ޔޫސުމްގެ ނައީމްގެ ހެކިބަސް ނެގުން ވަކިވަކިން ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އަޑުއެހުމުގައި ދައުލަތާއި، ދައުވާ ލިބޭ ފަރާތުން ވަނީ މިއަޑުއެހުމަކީ އެއް މައްސަލައެއްގައި އެއްވާހަކަތަކެއް އެކުލެވޭ މައްސަލައަކަށް ވުމުން ދައުވާ ރައްދުވާ ދެބޭފުޅުންގެ ޝަރީއަތްވެސް އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަކަށް އަޑުއެހުން ފަސް ކުރުމަށް އެދިވަޑައިގެންފައެވެ.
ދައުލަތުން އެދިވަޑައިގެންނެވި ގޮތަށް ދައުވާ ރައްދުވާ ފަރާތުންވެސް ޝަރީއަތް ފަސްކުރުމަށް އެދުމުން، މައްސަލަ ބައްލަވާ ޤާޞީ ވަނީ މިމައްސަލާގައި ޝާމިލްވާ ދެބޭފުޅުންގެ ޝަރީއަތް އެކީގައި ކުރިއަށް ގެންދެވޭނެ ގޮތަށް މިއަދު އެކެއްޖަހާއިރަށް ތަޢާވަލުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.
މިމައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ޤާޞީ އަހުމަދު ޝަކީލް ވިދާޅުވީ މައްސަލަ ފަސްކުރަން ޖެހިއްޖެނަމަ ކޯޓުތަކުގެ މަސައްކަތާއި، އެހެން ކޯޓުތަކުގެ މަސައްކަތްތަކަވެސް ބުރޫ އަރާނެކަމަށެވެ. އަދި މިޝަރީއަތް އެހެން ދުވަހަށް ފަސްކުރުމަކީ އެހެން ޝަރީއަތްތަކަށްވެސް ދަތިކަމެއް ކުރިމަތިވެދާނެ ކަމަކަށްވާތީ މިއަދު އެކެއްޖަހާއިރު އަޑުއެހުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އިސް ޤާޟީ ވިދާޅުވިއެވެ.
އެންމެފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކާއިމެދު މިއަދުގެ އަޑުއެހުމުގައި ގޮތެއް ނިންމަވާނެކަމަށްވެސް ޤާޟީ ވިދާޅުވިއެވެ. މިމައްސަލައި ހެއްކާއި ބެހޭ ގޮތުން ކުރިއަށް ގެންދަންޖެހޭ ބައި މިއަދު ކުރިއަށް ގެންގޮސް މައްސަލައިގެ ޚުލާސާ ބަޔާން އިއްވާނެ ދުވަހެއްވެސް ދައުލަތަށް އަދި ދައުވަ ރައްދުވާ ފަރާތަށްވެސް ކޯޓުން އަންގާފައިވާނެކަމަށް ޤާޟީ ވިދާޅުވިއެވެ.