ވިޔަފާރި

އުރީދޫ "ފަން ރަން" މިމަހު 23ގައި ހުޅުމާލޭގައި


އުރީދޫ "ފަން ރަން" މިމަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ދުވުން އޮންނާނީ 23 ނޮވެމްބަރުގައި ހުޅުމާލޭގެ ސެންޓްރަލް ޕާރކުގައެވެ.

އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. އެގޮތުން ރަންގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 2 ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށް ހުޅުވާލާފައިވާކަމަށް އުދީދޫއިން ބުނެއެވެ.

6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ވަނީ ހުޅުވާލާފައެވެ. 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ ދުވުމަކަށް ވާނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެކަމަށް އުރޫދޫއިން ބުނެއެވެ.

އުރީދޫ ފަން ރަން ކިޓްތައް ލިބެން ހުންނަ 2 ކެޓަގަރީ އަކީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީ އެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް އައިނު އަދި ބަންޑާނާ ހިމެނެއެވެ. ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާރސް ޕްލެޓްފޯމް http://ore.do/funrunkit މެދުވެރިކޮށެވެ.