ދުނިޔެ

އިޓަލީގެ މައި ރެއިލްވޭ ސްޓޭޝަން އަލުން ހުޅުވައިފި


ސަލާމަތީ ސަބަބުތަކަކާ ގުޅިގެން ބަންދުކުރި އިޓަލީގެ މައި ރޭއިލްވޭ ސްޓޭޝަން އަލުން ހުޅުވައިފިއެވެ.އިޓަލީގެ ރެއިލްވޭ އާބެހޭ އިދާރާއިން ބުނީ ސަލާމަތީ ސަބަބުތަކަކާ ގުޅިގެން މައި ރޭލްވޭ ބަންދުކުރީ ކުޑަވަގުތުކޮޅަކަށް ކަމަށާ ސަލާމަތީގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިހާރު އަލުން އެސްޓޭޝަން ހުޅުވައި ދަތުރުތައް ފަށާފައިވާ ކަމަށެވެ. މި ސްޓޭޝަން ބަންދުކުރީ ހަތިޔާރުއަޅައިގެންހުރި މީހަކު އެތަނުގައި ހަރަކާތްތެރިވާ ކަމުގެ ރިޕޯޓްތަކަކާ ގުޅިގެންނެވެ.މިރިޕޯޓްތައް ފެތުރުނީ ގޮވާއެއްޗެއްކަމަށް ޝައްކު ކުރެވޭ އެއްޗެއް އެސްޓޭޝަންގެ ތެރެއިން ފެނުމާގުޅިގެންކަމަށް އިޓަލީގެ މީޑިޔާ ބުނެއެވެ. އީރާނުގެ ރައީސް ޙަސަން ރޫހާނީ އިޓަލީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން އިޓަލީގެ ވެރިރަށް ރޯމްގައިވަނީ ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފައެވެ.