އޭދަފުށި ބަލިކޮށް، މިނިވަން 50 ޗެމްޕިއަންޝިޕް ފައިނަލަށް ދިއުމުގައި ސަޕޯޓަރުންގެ އެހީތެރިކަން ވަރަށްބޮޑަށް ލިބުނުކަމަށް ޓީމުން ބުނެފިއެވެ. ކޯޗު ފަޒީން މުޙައްމަދު ބުނީ މޮޅުވުމުގެ އެންމެ ބޮޑު އަޞްލަކީ ސަޕޯޓަރުންވީ ޤުރުބާނީކަމަށެވެ." ހަގަޑިއިރުގެ ދަތުރެއްކޮށްފަ ސަޕޯޓަރުން މިތަނަށް އައިސް ދިން ސަޕޯރޓް ވަރަށްބޮޑަށް ފާހަގަކުރަން. ވަރަށްބޮޑަށް ޝުކުރު އަދާކުރަން ސަޕޯޓަރުންނަށް. އިރާދަކުރެއްވީތީ ވަރުގަދަ އޭދަފުށި ބަލިކުރެއްވިއްޖެ. ފައިނަލް މެޗަށް އިތުރު ހިތްވަރެއް ލިބިއްޖެ. " ކޯޗު ބުންޏެވެ.ފަރެސްމާތޮޑާއިން 500 އެއްހާ ސަޕޯޓަރުން މިއަދު އައްޑޫއަށް އައިސް ޓީމަށް ވަރަށް ބޮޑު ސަޕޯޓެއް ދިނެވެ. އަދި މެޗަށްފަހު ސަޕޯޓަރުން ވަނީ އެނބުރި ރަށަށް ދިއުމަށް ފުރާފައެވެ.އޭދަފުށި ޓީމްގެ ކޯޗު މުޙައްމަދު ޒާހިދު ( ބައްޓޭ ) ބުނީ މައްސަލައަކީ ފިޓްނަސްކަމަށެވެ. ރަނގަޅު ކުޅުނު ނަމަވެސް ފިޓްނަސްގެ މައްސަލަ ދިމާވީކަމަށް ކުރީގެ ކުޅުންތެރިޔާ ބުންޏެވެ." ޓީމް ޖުމްލަކޮށް ރަނގަޅަށް ކުޅުނު. ފިޓްނަސް މައްސަލައަކީ. އޭދަފުށީގައި ކުޅެފައި ދަތުރުކޮށްފަ މިކޮޅަށް މިއާދެވުނީވެސް ރޭ ނޫން ކުރީ ރޭ. ރަނގަޅަށް މާހައުލަށް ހޭނިލަންވެސް ވަގުތު ނުލިބުނު. ދަނޑަށްވެސް ރަނގަޅަށް ހޭނި ލުމުގެ ފުރުޞަތު ނުލިބުނީ. ފުޓްބޯޅައިގައި އަންނާނީ ކުޅެވޭ ދުވަހާއި، ނުކުޅެވޭ ދުވަސް. ފަރެސްމާތޮޑާ ޓީމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔަން. " ވެލެންސިޔާގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.ސެމީފައިނަލް ދެވަނަ މެޗުގައި މާދަމާ ހަވީރު ވާދަކުރާނީ ފޯކައިދޫއާއި ސ.ފޭދޫއެވެ. ހަވީރު 3:45 ގައި ފަށާ އެމެޗުވެސް ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.