ޚަބަރު

"ޤާނޫނަށް ގެނައި އިސްލާހުތަކާއެކު ބ.އަތޮޅު ކައުންސިލްގެ މާލީ ހަލާތުރަގަޅުވާނެ"


އިދާރީ ދާއިރާތައް ހިންގުމަށް ހަދާފައިވާ ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހު ތަކާއެކު ބ.އަތޮޅު ކައުންސިލްގެ މާލީ ހަލާތުރަގަޅުވާނެކަމަށް އެކައުންސިލުން ބުނެފިއެވެ. ލާމަރުކަޒީ ޤާނޫނަށް އެންމެ ފަހުން ގެނެސްފައިވާ އިޞްލާޙުތަކުގެ ބޭނުމަކީ ކައުންސިލްތަކަށް މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ބާރުތައްދީ، ރަށްރަށުގެ އިޚްތިޞާސް ކަނޑައަޅާ، އެތަންތަނުން ނަފާ ހޯދައި ދިނުމުގެ ބޭނުމުގައި ގެނެވުނު އިސްލާޙްތަކެކެވެ.

މުޅި ރާއްޖެ ލާމަރުކަޒީކޮށް ކައުންސިލްތަކަށް މިފަދަަ ބާރުވެރިކަމެއް ދިނުމުގެ އެއްބޭނުމަކީ މާލީގޮތުން އެކައުންސިލްތައް މައި ސަރުކާރަށް ބަރޯސާވުން ކުޑަކުރުމެވެ. އެގޮތުން މާލީ ގޮތުން އެންމެ ބޮޑުއެއް ފައިދާއެއް ކުރާނެކަމަށް ބެލެވޭ އެއްކައުންސިލަކީ ބ.އަތޮޅު ކައުންސިލެވެ. އެއީ ކަނޑުގެ ދިރުން މުއްސަދި އަތޮޅަކަށް އެއަތޮޅުވުމާ ވުމާ ފަތުރުވެރިކަމުގެ ގިނަ ރިސޯޓްތަކައް އެއަތޮޅުގައި ހިންގުމެވެ.

މިހާތަނަށް ކައުންސިލްތަކަށް މާބޮޑު އާމްދަނީއެއް ލިބެމަކުން ނުދެއެވެ. އަހަރަކަށް ބަލާނަމަ މާލީ ގޮތުން ބ.އަތޮޅު ކައުންސިލަށް ލިބެނީ 5،00000 (ފަސްލައްކަ)އެއްހާ ރުފިޔާއެވެ. އެހެން ނަމަވެސް ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާޙްތަކާއެކު މާލީ ގޮތުން ލިބޭ މަންފާ ބޮޑުތަނުން އިތުރުކުރެވޭނެކަމަށް ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ. އެންމެ ބޮޑުއެއް އާމަދަނީއެއް ލިބޭނެކަމަށް ކައުންސިލުން ލަފާކޮށްފައި އޮތީ އަތޮޅުގައި ހުރި ފަޅުރަށްތަކާ ފިނޮޅު ތަކާ ފަރުތަކާ ހާހާ ތަކުންނެވެ. އެތަންތަން ކުއްޔަށް ދީގެން މަދުވެގެން ދެމިލިއަން ރުފިޔާގެ އާމްދަނީއާމްދަނީއެއް ނެރެވޭނެކަމަށް ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

"މާލީ ގޮތުން ކައުންސިލް ބާރުވެރިވާނެ މީ ކަނޑުގެ ދިރުން މުއްސަދި އަތޮޅެއް އެހެންކަމުން ފިނިޅުތަކާ ފަޅުރަށްތައް އެކިއެކި ބޭނުމަށް ކުއްޔަށް ދޫކޮށްގެން ކައުންސިލްގެ މާލީ މަންފާ އިތުރުވާނެ މިހާރު ކައުންސިލްތަކަށް ލިބިދޭ ބާރުގެ ދަށުން މާލީ މަންފާ އިތުރުކުރުމަށް ކައުންސިލްތަކަށް އެނގިއްޖެނަމަ އެއީ ވަަރަށް ފަހި ފުރުސަތެއް" ބ.އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަފްރާޙް ވިދާޅުވިއެވެ.

އަފްރާޙް ވިދާޅުވީ ހަމައެކަނި މީގެ ފައިދާ ކުރާނީ އަތޮޅު ކައުންސިލަށް ނޫންކަމަށާ އޭގެ ފައިދާ އަތޮޅުގެ ހުރިހާ ކައުންސިލްތަކަށް ކުރާނެކަމަށެވެ. އެގޮތުން މި ފާއިތުވި އެއްއަހަރު ދުވަހު މާލީގޮތުން ކައުންސިލްތަކަށް ލިބޭނެ ފައިދާ ދެނެގަނެ ޕްލެންތައް ހެދުމުގެ މަސައްކަތް ކޮށްފައިވާކަމަށް އަފްރާޙް ވިދާޅުވިއެވެ.
އެއަތޮޅުގައި މިހާރު ހުރި ބައެއްތަންތަން ބައެއް މީހުންނަށް ވަރުވާއަށް ދޫކޮށްފައި ހުރުމަކީ މިކަން ކުރުމަށް ކުރިމަތިވާ ގޮންޖެހުމެއްކަން ފާހަގަކުރަމުން އަފްރާޙް ވިދާޅުވީ އެފަދަ ރަށްތައް ދެނެގަނެ ދޫކޮށްފައިވާ ބެނުމާ ކުރާ މަސައްކަތްތައް މިހާރު ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާފައިވާނެކަމަށެވެ.

މިހާރު ހަދާފައި ޕްލޭންގައި ވާގޮތައް ފަޅުރަށްތަކާ ފިނޮޅުތައް ކުއްޔަށް ދިނުމަށް އެކައުންސިލުން އަންނަނީ ތައްޔާރީތަކެއް ވަމުންނެވެ. އެގޮތުން އެކައުންސިލްގެ ބެލުމުގެ ދަށުގައި އޭދަފުށީގައި އޮތް ބިމުގައި އިމާރާތެއް އެޅުމަށް ބަޔަކު ހޯދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައި ބިލު ތަސްދީގުކޮށްފައިވަނީ މިއަހަރުގެތެރޭގައެވެ. ސަރުކާރުން އެންމެ އިސްކަންދޭ އެންމެ މުހިންމު އެއް ސިޔާސަތަކީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމެވެ. ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ބާރުތަކާއެކު ވަކިރަށެއްގެ ތަރައްޤީއަށް ނުބަލައި މުޅި ޤައުމަށް ފައިދާވާނެފަދަގޮތަކަށް ހުރިހާ ކައުންސިލްތަކުން ކަންކަން ރޭވުމަށް މަސައްކަތް ކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެ ވައުދުފުޅެކެވެ.