ޚަބަރު

ފެހެންދޫ ފަޅުތެރޭގައި އޮތް ބޯޓަކާ ލޯންޗެއްގައި ރޯވެ އަނދާހުލިވެއްޖެ


ބ.ފެހެންދޫ ފަޅުގައިއޮތް މުދާ އުފުލާ ބޯޓަކާއި ލޯންޗެއްގައި ރޯވެ އަނދައި ހުލިވެއްޖެއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ޢަލީ ޝައުފާން ވިދާޅުވީ އެ ދެ އުޅަނދުގައި ގަސްތުގައި ރޯކޮށްލިކަމަށް ތުހުމަތުކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

މިހާދިސާ ހިނގީ ރޭ މެންދަމު 1:15 ހާއިރުއެވެ. ޝައުފާން ވިދާޅުވީ ފަޅުގައި ހުރި އެހެން އޮޑިދޯނިފަހަރަށް ގެއްލުންނުވެ ސަލާމަތް ކުރެވުނީ އެވަގުތަކީ ރަށުގައި ތިބި ޒުވާނުން ބައިބަލާ ބަލަން ހޭލާ ތިބި ގަޑިއެއްކަމުންނެވެ. އެހެން ނޫންނަމަ ފަޅުގައި ހުރި ހުރިހާ އުޅަދެއް އަނަދައިގެން ދިއުމުގެ ފުރުސަތު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

" ބައިބަލާ ނިންްމާފައި ގެއިން ބޭރަަށް ނުކުތްވަގުތު އަލިފާންގަނޑު ފެނުނީ . މާމައްޗައް އަރާފައިހުރީ ރޯވެފައި ހުރި އަލިފާންގަނޑު. ދެން އެވަގުތު ހޭލާ އުޅުނު ޒުވާނުން އެސަރަހައްދިޔައީ، ރޯވި ދޯންޏާ ކައިރީގައި ފަޅުގައި އަޅާފައި އޮތް 70 ފޫޓްގެ ކަންނެލި މަސްވެރިކަން ކުރާ ދޯނި ސަލާމަތް ކުރެވުނު." ޝައްފާން ވިދާޅުވިއެވެ.

އާބާދީ މަދު މި ރަށުގައި މިވަގުތު ދިރިއުޅެނީ ސަތޭކައެއްހާ މިހުންނެވެ. އަލިފާން ރޯވެ އަނދައި ހުލިވި ލޯންޗަކީ އެރަށު މީހެއްގެ އުޅަނދެކެވެ. އެ އުޅަނދުގައި ރޯވީ އަލިފާން ރޯވި އުޅަނދުގެ ވާ ކަނޑައިގެން ގޮސް އެލޯންޗް މައްޗައް ލައްވުމުންނެވެ.

ފުލުހުން އަންނަނީ މިމައްސަލަ ތަހުގީގުކުރުމަށްޓަކައި ހަރަކާތްތެރިވަމުންނެވެ. މުދާ އުފުލާ ބޯޓަކީ އެރަށުގައި ގެސްޓް ހައުސްއެއް ހިންގާ ބަޔަކު ކުއްޔަށް ނަގައިގެން އުޅޭ ބޯޓެކެވެ.
އަލިފާން ރޯވިއިރު ބޯޓުގައި އެއްވެސް މީހަކު ނެތެވެ.