އިންޑިޔާގައި ޣައިރު ޤާނޫނީ ގޮތުން ހަތިޔާރު އުފެއްދުމުގެ މަސައްކަތް ކުރަމުން ގެންދިޔަކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.އިންޑިޔާގެ އުތުރުގެ އުއްތުރަ ޕްރަދޭޝް ސްޓޭޓްގެ ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކުރީ ބޮމާއި ބަޑީގެ ވަޒަނާއި އެނޫންވެސް އެކި ބާވަތުގެ ހަތިޔާރު ހުއްދަނެތި ހަދަމުން ގެންދާކަމުގެ ތުހުމުގައި ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ އުއްތުރަ ޕްރެދޭޝްގެ ސަރަހައްދެއް ކަމަށްވާ މުރާދުއަބާދުގައިވާ ހަތިޔާރު އުފައްދާ ތަނަކަށް ފުލުހުން ވެދެގަނެ ހިންގި އޮޕަރޭޝަނެއްގައި ކަމަށްވެސް އެސަރަހައްދުގެ ފުލުހުންގެ ސްޕްރިންޓެންޑެންޓް ރަމްސުރެޝް ޔާދޭވް ވިދާޅުވިއެވެ.ޔާދޭވް ވިދާޅުވީ މުރާދުއާބާދުގައިވާ ހަތިޔާރުގެ ކާރުޚާނާއަކީ ޣައިރު ގާނޫނީ ތަނެއްކަމަށާއި އެތަނުގައި ގިނައަދަދަކަށް ހަތިޔާރު އުފައްދާކަމަށެވެ. އެ ކާރުޚާނާއަށް ވަދެގަނެ ފުލުހުން ހިންގި އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ހަތިޔާރު އަތުލައިގަނެވުނު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.