ވިޔަފާރި

އެސްޓީއޯ ސްޕަމާޓް ބޮޑުކޮށް، ރަމަޟާންމަހަށް ހުޅުވަނީ


މިއަހަރުގެ ރަމަޟާންމަހަށް އެސްޓީއޯގެ ސްޕަމާރޓް ބޮޑުކޮށް އަލުން ހުޅުވުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

ރަމަޟާންމަހަށް އެސްޓީއޯގެ ސްޕަމާރޓް ބޮޑުކޮށް އަލުން ހުޅުވުމުގެ މަސައްކަތް ފަށައިވާއިރު ކޮންމެ އަހަރެއްގެ ރަމަޟާންމަހަކުވެސް އެސްޓީއޯގެ ސްޕަމާރޓަށް އޮންނަ ޑިމާންޑް އިތުރުވެ ވިޔަފާރިކުރަންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

މިއަހަރުގެ ރަމަޟާންމަހުގެ ކުރިން އެސްޓީއޯގެ ސްޕަމާރޓް ބޮޑުކޮށް ކަސްޓަމަރުންނަށް ގިނަ ބާވަތެއްގެ ތަކެތި އެއްތަނަކުން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އެސްޓީއޯއިން ވަނީ ސުޕަމާރޓް ބޮޑުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން ޓްރޭޑް ސެންޓަރުގެ ބޮޑުބަޔަކާ އެއްކޮށް ސްޕަމާރޓް ބޮޑުކޮށް ހުޅުވުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މިއަހަރުގެ ރަމަޟާންމަހަށް ސުޕަމާކެޓް ބޮޑުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާފައިވާކަމަށެވެ. އެގޮތުން ސްޕަރމާކެޓް ބޮޑުކޮށް، އާންމު ވިޔަފާރިތަކަށްވެސް ވިޔަފާރި ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާނެކަމަށް އަމްރު ވިދާޅުވިއެވެ.

"މިހާރު ސްޕަމާކެޓްގެ ސައިޒަށްވުރެ 3 ގުނަ ބޮޑުވާނެ..ދެން ހުޅުވިގެންދާއިރުގައި. ހޯމްއިންޕްރޫވްމަންޓް މިހާރު ހުންނާނެ ކަސްޓަމް ސަރަހައްދުގައި އެތަން އަޅުގަނޑުމެން ބަދަލުކުރާނަން ޓްރޭޑް ސެންޓަރަށް. ކޮށްފައި އަދި އޭގެ އިތުރުން މިހާރު ހުޅުވާލީ އާންމު ވިޔަފާރިތަކަށް އެތަނުގައި ތަކެތި ވިއްކަން. އެގޮތުން އަޅުގަނޑުމެން ފޯނާއި ލެޕްޓޮޕާއި މާލޭގައި އެކަން އެންމެ ވަރުގަދައަށް ކުރާ ޕާޓީއާއި މިހާރު މި ހަވާލުކުރީ. އެމީހުން ގެނެސް އެމީހުން އެތަނުގައި އެއްޗެހި ބަހައްޓައިގެން ވިއްކާނީ." އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ވިދާޅުވީ، ސްޕަމާރޓް ބޮޑުކޮށް މިމަހުގެ މެދުތެރޭ ހުޅުވާނެއެވެ. އެސްޓީއޯގެ ސްޕަމާރޓް ބޮޑުކޮށް އަލުން ހުޅުވާއިރު އެތަނުގައި އާންމު ވިޔަފާރިތަކަށްވެސް ތަކެތި ވިއްކުމުގެ ފުރުސަތު އެސްޓީއޯއިން ވަނީ ހުޅުވާލާފައެވެ.

އެސްޓީއޯއިން ވިދާޅުވީ، ސްޕަމާޓު ބޮޑުކޮށް އަލުން ހުޅުވާއިރު ކޮސްމެޓިކްސްއާއި، ރީތިވުމަށް ބޭނުންކުރާ ސާމާނާއި، ބޭކަރީތަކާއި، ތަރުކާރީއާއި މެވާ ވިއްކުމުގައި މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ ވިޔަފާރިތަކުގެ ރެކުތައް ހުންނާނެކަމަށެވެ. މީގެ ސަބަބުން އެ ވިޔަފާރިތަކަށް ބޮޑު ކަސްޓަމަރ ބޭސްއެއް ލިބި އެ ވޔަފާރިތަކަށް ތަކެތި ވިއްކާނެ މާހައުލެއް ލިބިގެންދާނެކަމަށެވެ.