ވިޔަފާރި

އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ޓީޓީ ފޮނުވުމަށް ބީއެމްއެލްއިން ހެޔޮ ބަދަލުތަކެއް


އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އިންޓަރނޭޝަނަލް ޓްރާންސްފަރ(ޓީޓީ) ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ބޭންކް އޮފް މޯލްޑިވްސްއިން ގެނެސްފިއެވެ. ބީއެމްއެލްއިން ބުނީ މިއީ ކަސްޓަމަރުންނަށް ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.

އިންޓަރނޭޝަނަލް ޓްރާންސްފަރ ޚިދުމަތަށް ބީއެމްއެލްއިން ގެނައި ބަދަލުތަކުގެ ތެރޭގައި ގިނަ ޑޮކިއުމަންޓް އެޓޭޗްކުރެވުމާއި، ޓީޓީ ހެދުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ގަތުމަށް އެދި ހުށަހެޅުމާއި، ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ޚިޔާރު ކުރެވުމުގެ އިތުރުން ޓީޓީ ޕްރޮސެސްވުމުން އައު ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޕްޓެއް ލިބުން ހިމެނެއެވެ.

1 އޭޕްރީލް 2022 އިން ފެށިގެން އީމެއިލް މެދުވެރިކޮށް އިންޓަރނޭޝަނަލް ޓްރާންސްފަރ ޚިދުމަތް ބަލައިގަތުން ހުއްޓާލުމަށް ބޭންކުން ވަނީ ނިންމާފައެވެ. ބީއެމްއެލްއިން ބުނީ އެ ބޭންކުން ބާރުއަޅަނީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ކަސްޓަމަރުން އިންޓަރނޭޝަލް ޓްރާންސްފަރގެ ޚިދުމަތް ހޯދުމަށްކަމަށެވެ.