މޯލްޑިވްސް ބޯޑަރ މައިލްސްގެ ޕާޓްނަރަކަށް ޑަބްލިއު މޯލްޑިވްސް ހަމަޖައްސައިފިއެވެ.
ޑަބްލިއު މޯލްޑިވްސްއިން ބޯޑަރ މައިލްސްއާއި ގުޅިފައިވަނީ ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގްރޫޕްއައި ދުވަހާއި ގުޅުވައިގެންނެވެ. އެއީ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހެވެ. ރާއްޖެއަށް ފުރަތަމަ ފަތުރުވެރިންގެ ގުރޫޕެއް އައިސްފައިވަނީ 16 ފެބްރުއަރީ 1972 ގައެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމަކީ ކޯވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނަގައިގެން ތައާރަފްކޮށްފައިވާ ޕްރޮގްރާމެކެވެ. މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.
On this special occasion of country’s tourism, @WMaldives becomes a partner of the Maldives Border Miles, extending the perks to the members while they enjoy W Maldives’ “Whatever/Whenever service”.
— Maldives Border Miles (@BorderMilesMv) February 16, 2022
Read more: https://t.co/6GbetStIx8 pic.twitter.com/UAdhNVnTDR
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. ޑަބްލިއު މޯލްޑިވްސްއިން ބޯޑަރ މައިލްސްގެ ޕާޓްނަރަކަށް ވުމާއިއެކު ބޯޑަރ މައިލްސްގައި ބައިވެރިވާ ފަތުރުވެރިންނަށް އެ ރިސޯޓުން ތަފާތު ޙިދުމަތްތައް ލިބޭނެއެވެ.
ބޯޑަރ މައިލްސްގައި ބައިވެރިވެފައިވާ ޕާޓްނަރުންގެ އަދަދު މިހާރު ވަނީ 24 އަށްވުރެ އިތުރުވެފައެވެ. އޭގެތެރޭގައި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ރެސްޓޯރަންޓްތައް ހިމެނެއެވެ.
މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމްގައި މިހާރު 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ 3 ދަރަޖައަކަށެވެ.