ޚަބަރު

ދުވުމަށް ހިތްވަރުދިނުމުގެ ގޮތުން ސޮނީ ސްޕޯޓްސްއިން ކެންޕެއިނެއް


ރިބޫޓް ރިސްޓާރޓް ގެ ނަމުގައި ސޯނީ ސްޕޯރޓްސް އިން ކެންޕޭނެއް ފަށައިފިއެވެ. މި ކެންޕޭނުގެ މައިގަނޑު މަގްސަދަކީ އަލުން ދުވަން ފެށުމަށް ހިތްވަރު ދިނުމެވެ.

އެކި ސަބަބުތަކާ ހުރެ ދުވުން މެދުކަނޑާލާފައި ތިބި މީހުން ދުވުމަށް ބާރު އަޅައި ހިތްވަރު ދިނުމަކީ މި ކެމްޕޭން މެދުވެރިކޮށް ސޮނީ ސްޕޯޓްސް އިން ހާސިލްކުރަން ބޭނުންވާ މަގްސަދެއްކަމަށް އެ އެފަރާތުން ބުނެއެވެ. ސޮނީ ސްޕޯޓްސް އަކީ ކުޅިވަރާއި ގުޅުން ހުރި ތަފާތު ބްރޭންޑް ތަކުގެ އެކި ސާމާނު ރާއްޖެ އެތެރެ ކުރާ ކުންފުންޏެކެވެ.

ދުވުމަށް ބާރު އެޅުމަށް ޚާއްސަ ކެމްޕެއިނެއް އެ ކުންފުނިން ފަށާފައިވާއިރު ދުވުމަށް ބޭނުންވާ ސާމާނު ވެސް ސޮނީ ސްޕޯޓްސް ފިހާރަތަކުން ލިބެން ހުރެއެވެ. މީގެ ތެރޭގައި މަޝްހޫރު ބްރޭންޑުތައް ކަމަށްވާ، އެޑިޑާސް އާއި ނައިކީގެ ބޫޓުތަކަކީ އެކްސްކުލޫސިވް ޑިސްޓްރިބިއުޓާޝިޕްގެ ދަށުން ސޯނީ ސްޕޯރޓްސްއިން ރާއްޖޭގައި ވިއްކަމުން އަންނަ ބޫޓުތަކެވެ.

އެ ކުންފުނިން މި ކެމްޕޭނަށް ޚާއްސަ ކެޓަގަރީއެއް އޮންލައިން ސްޓޯރުގައި ހަދާފައި ވާއިރު، މި ކެމްޕެއިނާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ސޮނީސްޕޯޓްސްގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އާއްމުންނަށް ލިބިގެންދާނެއެވެ.