ކުޅިވަރު

ބުޓްލާގެ މޮޅުކުޅުމާއެކު އިންގްލޭންޑް ސެމީފައިނަލާ ގާތަށް


މިހާރު އަބޫދާބީގައި ކުރިޔަށްދާ ޓީ20 ކުރިކެޓް މުބާރާތުގައި އިންގްލޭންޑްގެ ޖޯސް ބުޓްލާގެ މޮޅުކުޅުމާއެކު މުބާރާތުގެ ސެމީފައިނަލު އުންމީދު އާކޮށްފިއެވެ.

މުބާރާތުގައި އިއްޔެ އޮސްޓްރޭލިޔާ ދެކޮޅަށް ކުޅުނު މެޗު އިންގްލޭންޑް ކާމިޔާބުކުރީ 8 ވިކެޓުންނެވެ. މެޗުގައި 8.2 އޯވަރުގެ ތެރޭގައި އިންގްލޭންޑްގެ ޖޯސް ބުޓްލާ ވަނީ 32 ބޯޅައިން 71 ލަނޑު ހަދާފައެވެ. މެޗުގައި އޮސްޓްރޭލިޔާއިން ކުޅެންއަރާ 20 އޯވަރުގެ ތެރޭގައި ހެދުނީ 125 ލަނޑެވެ. ޖަވާބުގައި އިންގްލޭންޑުން ވަނީ ކުޅެން އަރާ 11.4 އޯވަރުގެ 126 ލަނޑުހަދައި، މެޗު ކާމިޔާބުކޮށްފައެވެ. މެޗުގައި އޮސްޓްރޭލިޔާއިން އެންމެ ރަނގަޅަށް ކުޅެފައިވަނީ 44 ބޯޅައިން 49 ލަނޑު ހެދި ކެޕްޓަން އާރޯން ފިންޗެވެ.

މިއީ ޓީ20 މުބާރާތުގައި އޮސްޓްރޭލިޔާއިން އެންމެ ތަފާތުބޮޑުކޮށް ބަލިވި މެޗެވެ. އިންގްލޭންޑް މި ހޯދި މޮޅާއެކު ގުރޫޕުގެ ކުރީގައި އޮތީ އެންމެ ފަހުން ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ. އެންމެފަހުން ދުބާއީގައި ކުޅުނު ދެމެޗުން ވެސް އިންގްލޭންޑުން ވަނީ އޮސްޓްރޭލިޔާ ބަލިކޮށްފައެވެ. މުބާރާތުގައި މާދަމާ އިންގްލޭންޑް ނުކުންނާނީ ޝާރްޖާގަ ލަންކާއާ ދެކޮޅަށެވެ.

ގުރޫޕުގައި ފަހުމެޗުގައި ހޮނިހިރު ދުވަހު އިންގްލޭންޑް ނުކުންނީ ދެކުނު އެފްރިކާ ދެކޮޅަށެވެ.