އައްޑޫ ސިޓީގައި ސައިކަލެއްގައި ދުއްވާފައިދިޔަ ދެމީހަކަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ. 
ފުލުހުން ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހުގެރޭ ހިންގި މި މާރާމާރީއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހައްޔަރުކުރި 27 އަހަރުގެ ދެ ފިރިހެންނުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުންގެ ބަންދަށް 10 ދުވަސް އިތުރުކޮށްފައިވާކަމަށެވެ. 
މި މާރާމާރީގައި އަނިޔާވެފައިވަނީ 27 އަހަރުގެ ފިރިހެނަކާއި 23 އަހަރުގެ އަންހެނަކަށްކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.