ކުޅިވަރު

މެސީ ބަދަލު ކުރި މެޗުން ޕީއެސްޖީއަށް މޮޅެއް


ފްރެންޗް ލީގުގައި ވާދަވެރި ލިޔޯންއާ ވާދަކޮށް ޕީއެސްޖީއިން ފަހުވަގުތު މޮޅެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 2-1 ލަނޑުންނެވެ.

މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ނުޖެހުނު ނަމަވެސް މެޗުގެ ދެވަނަ ހާފްގައި ދެވަނަހަފްގައި ލަނޑުޖަހައި ކުރި ހޯދީ ލިޔޯން އިންނެވެ. ލިޔޯން އަށް މިލަނޑު ކާމިޔާބުކޮށްދިނީ ޓޮއިލެންޓީނޯ ކޮއިލޯ ދި ލެމާއެވެ. ޕީއެސްޖީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ލިބުނު ޕެނެލްޓީއަކުން ނޭމާއެވެ. މެޗުގެ 76 ވަނަ މިނިޓުގައި ޕީއެސްޖީއާ މި ސީޒަނުގައި ގުޅުނު ލައޮނަލް މެސީ ވަނީ ބަދަލުކޮށްފައެވެ. މެސީ ބަދަލު ކުރުމުން އެކަމާ ހިތްހަމަނުޖެހިގެން އޭނާ ވަނީ އެޓީމުގެ އާޖެންޓީނާ ކޯޗު މައުރީސީޔޯ ޕޮޗެޓީނީއޯ ސަލާން ވެސް ނުކޮށް ބެންޗަށް ގޮސްފައެވެ. މިއީ މެސީ ޕީއެސްޖީ ސަޕޯޓަރުން ކުރިމަތީގައި ކުޅުނު ފުރަތަމަ މެޗެވެ. މިހާތަނަށް ޕީއެސްޖީއަށް މިސީޒަންގައި ކުޅުނު މެޗުތަކުން މެސީ އަދި ލަނޑެއް ޖެހިފަނުވެއެވެ. ޕީއެސްޖީ މޮޅުވި ލަނޑު އެޓީމުން ކާމިޔާބުކުރީ މެޗުގެ އިތުރު ވަގުތު އެންމެ ފަހުމިނިޓުގައި ކީލިއަން އެމްބާޕޭ ދިން ބޯޅައަކުން މައުރޯ އިކާޑީއެވެ.

ޕީއެސްޖީ ދެން ލީގުގައި ނުކުންނީ އަންނަ ބުދަ ދުވަހުގެރޭ މިޒްއާ ދެކޮޅަށެވެ. އެމެޗު ކާމިޔާބުކޮށްފި ކަމަށްވާނަމަ ލީގުގައި ކުޅުނު ފުރަތަމަ ހަތް މެޗުން ހަތް މޮޅު އެޓީމަށް ލިބޭނެއެވެ. ރޭގެ ހޯދި މޮޅާއެކު 6 މެޗުން 18 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އޮތީ ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައިވާ އޮލިންޕިކް މާސޭއަށް ފަސްމެޗުން ލިބެނީ 13 ޕޮއިންޓެވެ. ލެންސް ތިންވަނައިގަ އޮތީ 6 މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.