ލޮނުޒިޔާރަތް މަގުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. 
އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާގައި އަލިފާން ރޯވީ ލޮނުޒިޔާރަތް މަގުގައި ހުރި މައު ވިއްކާ ފިހާރައެއްގެ ގުދަނުގައިކަމަށެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައެއް ނުވެއެވެ. 
		
މިހާދިސާގެ ރިޕޯޓު މިއަދު 15:48އެހާއިރު ލިބުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރއެންޑް ރެސްކިއުޓީމުންވަނީ އެތަނަށްގޮސް ކިޑަ ވަގުތުކޮޅެެއްގެ ތެރޭގައި އަލިފާން ނިއްވާލާފައެވެ.