ޚަބަރު

ކޯވިޑް-19 : ރާއްޖެއިން މިއަދު 3 މަރު


ކޯވިޑް-19ގައި ރާއްޖެއިން މިއަދުގެ މިހާތަނަށް 3 މީހަކު ނިޔާވެއްޖެއެވެ.

މިއާއެކު ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ޢަދަދު ވަނީ 195އަށް އަރާފައެވެ.

ކޯވިޑްއަށް ޕޮޒިޓިވްވެ ފަރުވާ ދެމުން ދަނިކޮށް މިއަދު އެންމެ ފުރަތަމަ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން 84 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 9:55 ހާއިރުގައިކަމަށް އެޗްޕީއޭއިން ވަނީ ވިދާޅުވެފައެވެ.

މިއަދު ދެވަނައަށް ރާއްޖެއިން މިބަލީގައި ނިޔާވީ ލ.އަތޮޅު ކޯވިޑް ފެސިލިޓީގައި ފަރުވާ ދެމުން ގެންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވީ މިއަދު ހެނދުނު 10:54 ހާއިރުއެވެ.

ރާއްޖެއިން ކޯވިޑް ޖެހިގެން މިއަދު 3 ވަނަ އަށް ނިޔާވީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 25 އަހަރުގެ އަންހެނެކެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 195 ވަނަ މީހުންގެ ތެރޭގައި ހިމެނެނީ 178 ދިވެހިންނާއި 17 ބިދޭސީންނެވެ.