ވިޔަފާރި

ނައިފަރު ކޯޕަރޭޓިވް ސޮސައިޓީގެ އުފެއްދުންތައް މެކުހަށް


ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް ޑައިވަރސިފިކޭޝަން ޕްރޮގްރާމް (ފަޑިޕް) އަކީ ރާއްޖޭގެ ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބުނު ރަނުގެ ފުރުޞަތެކެވެ.މިނިސްޓްރީ އޮފް ފިޝަރމިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ  އާއި އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިންގެ ހިންގާ  މިޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ކުދި  އަދި މެދު ފަންތީގެ ދަނޑުވެރިންނާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރާ ފަރާތްތަކުގެ އުފެއްދުންތަކަށް އެކަށީގެންވާ އަގުހޯދައިދިމުމާއި އެތަކެއްޗަށް ބާޒާރު ހޯދައިދީ ދެމެހެއްޓެނިވި ގޮތެއްގައި އެފަރާތްތަކަށް އާމްދަނީ ލިބޭނެގޮތް މަގުފަހިކޮށް ދިނުމަށްޓަކައި ވެލިއު ޗެއިން ކޯޕަރޭޓިވްސްތަކެއް އުފެއްދުމެވެ. އެގޮތުން މިހާރު ރާއްޖޭގައި ހަތް ކޯޕަރޭޓިވް ސޮސައިޓީ އުފައްދާ ރަށްރަށުގެ އާމްދަނީއަށް ކުރިއަށް އެރުންތަކެއް އަންނަނީ ލިބެމުންނެވެ. މި ކޯޕަރޭޓިވްސްތަކުގެ ތެރެއިން އެންމެ ފަހުން ބާޒާރަށް އުފެއްދުންތައް ނެރެ ވިއްކަން ފެށީ ނައިފަރު ކޯޕަރޭޓިވް ސޮސައިޓީން. މި ކޯޕަރޭޓިވްގެ ބާވަތްތައް ބާޒާރަށް ނެރެފައިވަނީ ފިޝްއެގްރި އެކްސްޕޯއަށެވެ. އެކްސްޕޯ ކުރިއަށް ދިޔަ ދެ ދުވަހުގެ ތެރޭގައި ވިއްކަން ގެނައި ގިނަ ބާވަތްތަކެއް ވިކި ހުސްވެފައިވާކަމަށް އެ ކޯޕަރޭޓިވްއިން ބުންޏެވެ. އެގޮތުން އެ ކޯޕަރޭޓިވްއިން އުފައްދާ ގިނަ ބާވަތްތަކެއް ގަނޑުކޮށް ގަތުމަށް ވިޔަފާރިވެރިން އެދެމުންދާކަމަށްވެސް އެކޯޕަރޭޓިވްއިން ބުނެއެވެ. ނައިފަރު ކޯޕަރޭޓިވްސްގެ ހުރިހާ އުފެއްދުމަކީވެސް ނައިފަރުގެ ޢާއިލާތަކުގެ އަމިއްލަ އުފެއްދުންތަކެވެ. އެގޮތުން ގޭގެއިން އުފައްދާ ބާވަތްތައް ކޯޕަރޭޓިވްއިން ގަތުމަށްފަހު ބާޒާރަށް ނެރެނީ ކޯޕަރޭޓިވްގެ އަމިއްލަ ބްރޭންޑްގެ ގޮތުގައިއެވެ. ގޭގެއިން ގަންނަ ބާވަތްތައް ނައިފަރު ކޯޕަރޭޓިވް ސޮސައިޓީން ގަނަނަނީ އެ ބާވަތްތަކުގެ ކޮލެޓީއަށް ބެލުމަށްފަހުއެވެ. އެގޮތުން ކޮލެޓީ ދަށް އުފެއްދުމެއްނަމަ އެބާވަތެއް ރިކެޓްކުރާކަމަށް އެކޯޕަރޭޓިވްއިން ބުނެއެވެ. މިގޮތަށް ކޮލެޓީއަށް ބަލާއިރު ރަހައަށް ވަރަށް ބޮޑަށް ވިސްނާކަމަށްވެސް އެ ކޯޕަރޭޓިވްއިން ބުނެއެވެ. ނައިފަރު ކޯޕަރޭޓިވް ސޮސައިޓީން ވަނީ 39 ބާވަތެއް އުފައްދާ ބާޒާރަށް ނެރެފައެވެ. މި ބާވަތްތައް ބާޒާރަށް ނެރުނު ދުވަހުން ފެށިގެން ބޮޑު ތަރުޙީބެއް ލިބެމުން އަންނަ އިރު މީގެ ފައިދާ އެންމެ ބޮޑަށް ލިބެމުން ދަނީ ނައިފަރުގެ ރައްޔިތުންނަށެވެ.