މިމަހުގެ 16ވަނަ ދުވަހުން ފެށިގެން 20ވަނަ ދުވަހުގެ ނިޔަލަށް އެމްއެމްއޭއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހަފްތާގެ 3 ދުވަހުކަމަށް އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ އިޢުލާނެއްގައިވަނީ މޭމަހުގެ 16އިން 20އަށް އެ އިދާރާއާއި ބޭންކުތަކުން ޚިދުމަތްދޭނީ ހޯމަ, އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށެވެ.
މި މުއްދަތުގައި އެމްއެމްއޭއިން ބޭންކިންގ ޚިދުމަތް ދޭނީ ހެނދުނު 09:30އިން މެންދުރު 12:00އަށެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން ކުރިއަށްދާނީ ހެނދުނު 09:30އިން މެންދުރު 12:00އަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުންކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި ކޯވިޑް-19ގެ ނުރައްކާ ބޮޑުވެފައިވާތީ އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިމަހުގެ 5ވަނަ ދުވަހުން ފެށިގެން 15ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއާއި ބޭންކުތައް ހުޅުވާފައި ހުންނާނީ ހަފްތާގެ 2 ދުވަހުއެވެ. އެއީ ހޯމަ އަދި ބުދަ ދުވަހެވެ.