ޑައުންސިންޑްރޯމް
އެސޯސިއޭޝަނަށް ހޮޓެލް ޖެންގެ ފަރާތުން ތިރީސްފަސްހާސް ރުފިޔާގެ ފައިސާގެ އެހީއެއް
ހަދިޔާކޮށްފިއެވެ.
ހޮޓެލް ޖެން އިން
ބުނީ މިފައިސާ އަކީ އެހޮޓެލުން އިސްނަގައިގެން މިދިޔަ އޮކްޓޯބަރު މަސް ތެރޭގައި ކުރިއަށްގެންދިޔަ
ސްޓިކާ ވިއްކުމުގެ ހަރަކާތުގެ ތެރެއިން ލިބުނު ފައިސާކަމަށެވެ. އެގޮތުން އެހެޓޮލްގެ ތިން ޓީމަކުން ތިން
ދުވަހުގެ ކުރިއަށްގެންދިޔަ މިހަރަކާތުގައި ތިންސަތޭކަ ސްޓިކާ ވިއްކައިގެން ފައިސާ
ހޯދާފައިވާކަމަށެވެ.
ހޮޓެލް ޖެންގެ
ޖެނެރަލް މެނޭޖަރ ވަތްސަލާ ސުބްރަމަނިއަމް ވިދާޅުވީ ޑައުންސިންޑްރޯމް
އެސޯސިއޭޝަނަށް އެހޮޓެލުން ކުރިއަށްއޮތްތާގައިވެސް އެހީތެރިކަން
ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި އެއެސޯސިއޭޝަންގެ ޓީޗަރުން
ކުރއައްވާ މަސައްކަތްވެސް ފާހަގަކުރެއްވިއެވެ.
ޑައުންސިންޑްރޯމް
އެސޯސިއޭޝަނުން ވަނީ ހޮޓެލް ޖެންގެ ފަރާތުން ހުރިހާ ކަމެއްގައި ލިބެމުން އަންނަ
އެއްބާރުލުމަށް ޝުކުރުއަދާކޮށްފައެވެ.