 
										
			މަޝްހޫރު ޓީވީ އެކްޓަރެސް ހީނާ ޚާންގެ ބައްޕަ ހާޓް އެޓޭކެއް ޖެހިގެން މަރުވެއްޖެއެވެ. ފިލްމް ޝޫޓިންތަކެއްގައި ކަޝްމީރުގައި ހުރި ހީނާ ވަނީ ބައްޕަގެ މަރުގެ ހަބަރު ލިބުމުން ޝޫޓިންތައް ހުއްޓާލުމަށްފަހު އެނބުރި މުމްބާއީ ގޮސްފައެވެ. 
ސޯޝަލް މީޑިއާގައި ހީނާ އޭނާގެ ބައްޕައާއި އެކި ނަފާފައިވާ ގިނަ ފޮޓޯތަކެއް އަބަދުވެސް ޝެއަރކުރަމުން އާދެއެވެ. އަދި އަބަދުވެސް އޭނާ ބުނަމުން އަންނަނީ އޭނާއަކީ ބައްޕަ ދެކެ ލޯބިވާ ބައްޕަގެ ކުއްޖެއް ކަމަށެވެ. ހީނާގެ ބައްޕަވެސް ގަވައިދުން ހިނާގެ ޕޯސްޓްތައް ބަލާކަމަށްވެއެވެ. 
 
ސްޓަރ ޕްލަސް ޑްރާމާ " ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އިން އެކްޓީން ކެރިއަރ ފެށީ ހިނާ ވަނީ ގިނަ ޓީވީ ޑްރާމާތަކުން ފެނިގެން ގޮސްފައެވެ. މީގެ ތެރޭގައި "ނާގިން 5"  އަދި ދާދި ފަހުން އުފެއްދި "ކަސޯޓީ ޒިންދަގީ  ކީ" ރީމޭކްގައިވެސް އޭނާ ފެނިގެން ގޮސްފައިވެއެވެ. 
ޑްރާމާތަކުގެ އިތުރުން މިހާރު ހީނާ ވަނީ ބައެއް ފިލްމްތަކުންވެސް ފެނިގެން ގޮސްފައެވެ. މީގެތެރޭގައި އެނާ ފެނިގެންދިޔަ  "ހެކްޑް" އާއި  "އަންލޮކް" ފާހަގަކޮށްލެވެ. ހިނާ އެންމެ ގިނަ ބަޔަކަށް އެނގިގެން ދިޔައީ ބިގް ބޮސް ސީޒަންގެ ތެރެއިންނެވެ.