 
					
									
			އެމެރިކާގެ އަންހެނެއް ކަމަށްވާ ސާރާ ސްޓަޑްލީ އޭނާގެ ކައިވެނީގެ ހެދުމުގައި ކޯވިޑް ވެކްސިން ޖަހާފިއެވެ. ކައިވެނީ ހެދުމުގައި ސާރާ ވެކްސިން ޖެހީ އޭނާގެ ކައިވެނި ކެލިފޯނިއާގައި ކުރަން ހަމަޖެހިފައި ވަނިކޮށް ކޯވިޑްގެ ބަލިމަޑުކަމާއި ހެދި ކައިވެނި ކެންސަލް ކުރަން ޖެހުމުންނެވެ. 
ކައިވެންޏަށް ބޮޑު ޙަފްލާއެއް ބޭއްވުމުގެ ބަދަލުގައި ސާރާ ނިންމާފައިވަނީ ކުޑަކުޑަ ޙަފްލާއަކުން ނިންމާލުމަށެވެ. އެގޮތުން ހަމައެކަނި ދެފަރާތުގެ ޢާއިލާ ޙަފްލާގައި ބައިވެރިވާގޮތަށް ވަނީ ހަމަޖައްސާފައެވެ. ވެކްސިން ޖަހަންދާން ސާރާ ނިންމީ ކައިވެނީގައި ޙަފްލާގައި ލާން އޮތް ކައިވެނީގެ ހެދުމުގައެވެ. 
ޔުނިވަރސިޓީ އޮފް މޭރީލޭންޑް މެޑިކަލުން ވަނީ ސާރާ ކައިވެނީގެ ހެދުމުގައި ވެކްސިން ޖަހާ ހަތަރު ޕޮޓޯއެއް އާންމުކޮށްފައެވެ.