ހއ.ބާރަށު ކޯޓުގެ މެޖިސްޓްރޭޓް އަލްއުސްތާޛު ޢަބްދުލްޣަނީ ޢަލީއާ ގުޅޭގޮތުން ޖުޑިޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅުނު މައްސަލަ އިތުރަށް ކުރިއަށް ނުގެންދިއުމަށް އެކޮމިޝަނުން ނިންމައިފިއެވެ.
ޖުޑިޝަލް ސަރވިސް ކޮމިޝަނުން ޢަބްދުލްޣަނީގެ މައްސަލަ ތަހުޤީގް ކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭނާއާ ގުޅޭގޮތުން ހުށަހެޅުނު މައްސަލައަކީ ޤާނޫނުއަސާސީއާ ޚިލާފަށް ދިފާއީ ވަކީލެއްގެ ޙައްޤުނުދީ މައްސަލައެއް ކުރިއަށް ގެންގޮސްފައިވާކަމަށްބުނެ ހުށަހެޅުނު މައްސަލައެވެ.
މިމައްސަލައިގައި ޖޭއެސްސީން ވަނީ ތަހުގީގް ކޮމިޓީއެއް އެކުލަވާލައި މިމައްސަލަ ކުރިއަށް ގެންގޮސްފައެވެ. މައްސަލަ ބެލި ބެލުމުގައި އިސް މެޖިސްޓްރޭޓް ޢަބްދުލްޣަނީ ޢަލީގެ ސުލޫކާ ގުޅިގެން ތަޙުޤީޤު ކުރިޔަށް ގެންދަން ޖެހޭފަދަ އެކަށީގެންވާ ތުހުމަތެއް އޮތްކަމަށް ތަޙުޤީޤު ކޮމިޓީއަށް ފާހަގަނުވާތީ، މި މައްސަލައަކީ އިތުރަށް ކުރިޔަށް ގެންދަންޖެހޭ މައްސަލައެއް ނޫންކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.