ޚަބަރު

އަންހެނުންތަކަކާ ފޮށުނު ބިދޭސީއަކު ހައްޔަރުކޮށް، މައްސަލަ ބަލަން ފަށައިފި


މާލޭގެ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހެންވޭރުގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރިން އެކި އެކި އަންހެނުންނާ ފޮށެމުން ދިޔަ ބިދޭސީއަކު ހައްޔަރުކޮށް އެމައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ޑޮލަރު އޭޓީއެމް ކައިރިން މިއަދު އެކެއްޖަހާ އެހާކަންހާއިރު ހައްޔަރު ކުރި މީހާއަކީ އެސަރަހައްދުގައި އަންހެނުންތަކަކާއި ފޮށި އާންމު އުދަނގޫ ކުރަމުންދިޔަ 50 އަހަރުގެ ބަންގްލަދޭޝް މީހެއް ކަމަށެވެ.

މިމައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުނުން ވަނީ ބުނެފައެވެ.