ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


މޯލްޑިވްސް މީޑިއާ ކައުންސިލްގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

އެމްއެމްސީން މަޢުލޫމާތުދިން ގޮތުގައި ކައުންސިލްގެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރެސިންގް ގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. އަދި މަވަގުތު ކަރަންޓީންގައި ތިއްބެވީ އެމްއެމްސީގެ ރައީސްއާއެކު ޖުމްލަ 5 މުވައްޒަފުންކަމަށްވެސް އެމްއެމްސީން މަޢުލޫމާތުދެއެވެ.

އެމްއެމްސީން މައުލޫމާތުދިން ގޮތުގައި ޕޮޒިޓިވްވީ މުވައްޒަފާއި ކަރަންޓީންގައި ތިބި މުވައްޒަފުންގެ ހާލުވެސް ރަނގަޅެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކައުންސިލްއިން އަމަލުކުރަމުންދާކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.